މޯލްޑިވިއަން

މޯލްޑިވިއަން އިން އީދު ހަދިޔާ ދީފި

Jun 27, 2017
1

ފިތުރު އީދާއި ގުޅުވައި އައިލެންޑް އޭވިއޭޝަންގެ "މޯލްޑިވިއަން" އިން 50 ފަސެންޖަރަކަށް ދަތުރު މަތީގައި އީދު ހަދިޔާދީފި އެވެ. ހަދިޔާ ދިނީ ރާއްޖޭގެ ކޮންމެ މަންޒިލަކަށް ވެސް ދަތުރުކުރަން ދެކޮޅު ޓިކެޓެވެ.

މޯލްޑިވިއަންގެ ހާއްސަ އީދު ހަދިޔާ ލިބުނީ އީދު ދުވަހު އެ އެއާލައިނުން ރާއްޖޭގެ އެތެރޭގެ މަންޒިލްތަކަށް ދަތުރުކުރި މީހުންގެ މެދުގައި ގުރުލައިގެން ނެގި 50 މީހުންނަށެވެ.

މޯލްޑިވިއަން އިން ހަދިޔާ ދިން އިރު ރާއްޖޭގެ ބޮޑެތި ހުރިހާ ކުންފުންޏަކުން ވެސް އީދު ހަދިޔާ ދިނެވެ.

މޯލްޑިވިއަނުން ވީއައިއޭ އާއި ގަމާއި ދަރަވަންދޫ އާއި ފުވައްމުލަކާއި ހަނިމާދޫ އާއި އިފުރާއި ކާޑެއްދޫ އާއި ކައްދޫ އާއި ކޫއްޑޫ އާއި ކުޑަހުވަދޫ އެއާޕޯޓަށް ދަތުރު ކުރެ އެވެ.