ވިޔަފާރި

ތިލަފުށި ބޮޑު މަގު ނިމުމަކާ ގާތަށް

Jun 29, 2017

ތިލަފުށި ބޮޑު މަގުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާއިރު ފެނުގެ ހިދުމަތް ދެ މަސް ތެރޭގައި ދެވޭ ވަރުވާނެ ކަމަށް ތިލަފުށީ ކޯޕަރޭޝަނުން ބުނެފި އެވެ.

ތިލަފުށީ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާސިފް ޕީއެސްއެމްއަށް ވިދާޅުވީ ތިލަފުށި އެކަކާއި އިންޑަސްޓްރިއަލް ޒޯން ގުޅުވައިދޭ މައި މަގު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ދެ މަސްތެރޭގައި ނިމި ތެރޭގައި ފެނާއި ކަރަންޓުގެ ހިދުމަތަށް މިމަގުން މެދުވެރިކޮށް ލިބިގެންދާނެކަމަށެވެ.

އެ ކުންފުނީގެ އެމްޑީ ނާސިފު "އަވަސް" ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި މަސައްކަތަކީ ތިލަފުށީ ދެވަނަ ފިޔަވަހި ހިއްކާފައި އޮންނަތާ ހަތް އަހަރުތެރޭގައި ކުރެވޭ އެންމެ ބޮޑު މަސައްކަތްތެވެ.

"މިހާރު ތިލަފުށީ އިންޑަސްޓްރިއަލް މަގު ގުޅުވައި ދޭން މި އޮންނަނީ ވަރަށް ހަނިމަގެއް. އެހެންވެ މަސައްކަތް ކުރާ ފަރާތްތަކަށް ބޮޑު ދައްޗެއް ކުރިމަތިވޭ. ނަމަވެސް މި މަގުހެދުމުން އެކަން ހައްލު ވެގެންދާނެ،" ނާސިފު ވިދާޅުވެފައިވެ އެވެ.

ތިލަފުށި އެކަކާއި އިންޑަސްޓްރިއަލް ޒޯން ގުޅާލުމުގެ މަސައްކަތް ކުރަނީ އަމީން ކޮންސްޓްރަކްޝަން އިންނެވެ. އެ މި މަޝްރޫއުގެ ދަށުން 831.9 މީޓަރު ދިގު އަދި 19.7 މީޓަރު ފުޅާ މަގެއް ތާރު އަޅައިގެން ހަދާނެ އެވެ. މީގެ އިތުރުން އެ މަޝްރޫއުގެ ދަށުން 831.9 މީޓަރު ދިގު އަދި 19.7 މީޓަރު ފުޅާ މަގެއް ތާރު އަޅާނެ އެވެ.