ރިޕޯޓް

އެންމެ އަޑު ގަދައީ ދެކުނު ފަރާތު ނެރުގެ ވާހަކަ!

Jul 1, 2017
6
0%
0%
0%

މާލޭ، ސިނާއީ އަވަށުގެ ނެރުގެ ވާހަކައިގެ އަޑު ވަރަށް ގަދަވެއްޖެ އެވެ. ނެރު ކެނޑިތާ އަހަރެއްހާ ދުވަސްވާން ކައިރިވެފައިވާއިރު މި ނެރުމަތީގައި ގިނަ ހާދިސާ ތަކެއް ވެސް ހިނގައިފި އެވެ. އަޑު ގަދަވާން ޖެހުނީ މިހެނެވެ އެވެ. މި ވީޑިއޯ އިން އެ ފެންނަނީ އެފަދަ އެއް މަންޒަރެކެވެ.

ފޭސްބުކްގައި މީހަކު ހިއްސާކޮށްފައިވާ މި ވީޑިއޯ އިން ފެންނަނީ މި ނެރުމަތީގައި އުފެދޭ ރާޅު ތަކެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި މާލެ ފަޅުތެރެ އަށް ވަންނަން އަންނަ ދޯނި ނެރަށް ދިމާކޮށްލުމާއެކު އޮޑީގެ ފަހަރުން ނަގާ ރާޅުން ދޯނީގެ ކޮންޓްރޯލް ކެޕްޓަނަށް ގެއްލެ އެވެ. އަދި އެއާއެކު އައި ބާރު މިނުގައި ދޯނި ގޮސް ނެރުމައްޗަށް އެއްލައިލަ އެވެ. ނަމަވެސް ދެވަނަ ރާޅެއް ނެގުމުގެ ކުރީގައި ކެޕްޓަން ހުށިޔާރު ކަމާއެކު ދޯނި ސަލާމަތް ކުރެ އެވެ. ބެލެވޭ ގޮތުގައި މި ހާދިސާގައި އޮޑީގެ ކުރީކޮޅަށް ގެއްލުންތަކެއް ވާނެ އެވެ.

ދޯނި ނެރު މައްޗަށް އަރާފައި--

މާލެ ދެކުނު ފަރާތުގެ ނެރު ކަނޑާފައިވަނީ މި ސަރަހައްދަށް ވަންނަ އޮޑި ފަހަރަށް ފަސޭހަ އަކަށެވެ. ނަމަވެސް އަދި އެ ނެރު އެއްކޮށް ފުރިހަމަވެފަ އެއް ނުވެ އެވެ. އެހެންވެ، މި ނެރުގެ ފައިކައްޓަށް ދަނީ އޮޑި ފަހަރު އުރެމުންނެވެ. މިފަދަ ހާދިސާއެއް އެންމެ ފަހުން ހިނގާފައިވަނީ ރޭގެ ވަގުތެއްގަ އެވެ. "ސައުތު 5" ނަމަކަށް ކިޔާ 60 ފޫޓުގެ މަސް ދޯންޏެއް ވަނީ ނެރު މައްޗަށް އަރާފަ އެވެ. މި ނެރަށް ކޮންމެވެސް ގޮތެއް ހަދައި އަޑު ކަނޑުވާލަން ވެއްޖެ ނޫން ހެއްޔެވެ؟

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބަރާބަރު

ތިޔައީ ވަރަށް އގުބޮޑު ވީޑިއޯ ކޮޅެއް

ޕޮގުބާ

ކައްޕިން ފެންވަރު ދަށީ ހަމަ އަހަރުމެން ދޯނިފަހަރު ދުއްވާ ނަމަތާ

ހާމިދު

ތިއީ ބޭރުވަރިއަށް ކަޑާފައި އޮތް ނެރެއް. ގާދޫކޮޅުގައި ހުޅަނގުގެ ގަދައިގައި ނަގާ ބިޔަ ރާޅުތައް އައިސް ބިންދާލާނީ އެދިމާލުގައި އޮންނަ ބޮޑު ތޮށިގަނޑަށް. ފަހުން ގެނައި ބަދަލާއެކު ބޮޑު ހިލަ ޖަހާފައި ހުރިނަމަވެސް، ނެރުކެނޑުމުން އެދިމާލައް ލައްވާ ބިޔަ ރާޅުތައް ވަކި ކުޑައެއް ނުވޭ. އަދި ކޮންޓްރޯލެއްވެސް ނުކުރެވޭ. އެތަނަށް އަސްލު ބޭނުންވަނީ ގަދަ މޫސުމުގައި އުޅަނދުފަހަރު ވައްދާ ނެރެދިނުމަށް ޕައިލެޓެއްގެ އެހީ. އެހެނީ ޕައިލެޓް ބުނާނެ ރަނގަޅަށް ބަލާފައި ރާޅު މަޑުވާ 30 ހަކަށް ސިކުންތުގެ ހިނދުކޮޅު ތެރޭގައި އުޅަނދު ފަޅައް ވައްދާލަން ނުވަތަ ނެރެލަން. އެހެންކަމުން، ހައުސިންގ މިނިސްޓަރ މުއިއްޒު ޖެހޭނީ ހިލަ ނެރުގެ ކޮޅުގައި ލައިޓް ހައުސްއެއް ގޮތަށް ޕައިލެޓް އިންނާނެ ތަނެއް ހަދަން. އޭނާ އުހުގައި ހުރެ ބެލީމާ ރާޅު ބާނި ހުރި ހިސާބާއި އަންނަ މިސްރާބު ވަރަށް ރަނގަޅަށް އިނގޭނެ. ދެން އޭނާ ލައުޑް ސްޕީކަރުން ގޮވީމާ އޭނާގެ އިޝާރާތައް އެތަނަށް ވަދެ ނުކުންނާނީ. ކަނޑު މަޑު ދުވަސްވަރު އެތަނަށް ވަދެ ނުކުމެ އުޅޭކަން އުނދަގުލެއް ނޫނެއެވެ.

ގައުމީ ލޭ

ތިޔަ ނެރު ކަނޑާފަވަނީ ރައްޔިތުންގެ ފަސޭހަޔަކަށް ކަމުގައިވިޔަސް ހުޅަނގު މޫސުމުގެ ބިޔަ ބާނިތައް ވާދޫކިނޑުން އެތެރެޔަށް އަންނަނީ ހުރިސްޕީޑްގަ. ވީމާ މުއައްސަސާ ތަކުން ކުރާނެ މާބޮޑުކަމެއް ތިކަމުގައިނެތަސް މަލޭގެ އެއްގަމު ތޮށިގަނޑުހަދާފަހުރިހެން ޝީޓްޕައިލް ކޮއްގެން ނެރު ހެދީމަ ތޮށިމައްޗަށް އެރުން ހައްލުވާނެ. އޭރުން އައިސް ޖެހޭނީ ތޮށިގަނޑުގަ ނުއެއް އަރާނެ.

އަހުމަދު

އަޑުނުކެނޑޭނެތާ މުއައްސަސާތަކުން ބުނަނީ ދޯނި ދުއްވާ ކެޕްޓަނުން ފަރުވާކުޑައީއޭ. ދެން ކީއްވެބާ އެހެން ނެރުތަކުން މިހެން ނުވަނީ.. މިނެރުން ވަދެގެން އެދަނީ ކިރިޔާ ސަލާމަތްވެގެން.. ކަމަކަށްވަނީ މިކަހަލަ ހާދިސާއެއް ހިނގީމަ..

މުހައްމަދު

ފަރުވާ ކުޑައީ އެއް ނޫން. ނޭންގެނީ. ދުއްވަން އެނގުމަކީ އެއްވެސް ރާޅެއް ނުވަންނަ އަބަދު މަޑުކޮށް އޮންނަ ނެރުތަކުން އެކަނި ވަދެ ނިކުންނަން އެނގުމެއް ނޫން.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345