ކުޅިވަރު

އެއް ދުވަހުގެ ކްރިކެޓްގައި އެމްސްދޯނީއަށް ގިނަ ރެކޯޑްތަކެއް

Jul 1, 2017

އެއް ދުވަހުގެ ކްރިކެޓް ސީރީސްގައި އިންޑިއާ އާއި ވެސްޓް އިންޑީޒް ބައްދަލު ކުރި މެޗުގައި، އިންޑިއާގެ އެއްވަނަ ކްރިކެޓް ކުޅުންތެރިޔާ މަހިންދަރަ ސިންހް ދޯނީ ގިނަ ރެކޯޑްތަކެއް ހަދައިފި އެވެ.

އެއް ދުވަހުގެ ކްރިކެޓް ސީރީސްގައި އިއްޔެ ވެސްޓް އިންޑީޒްއާ ދެކޮޅަށް އިންޑިއާއަށް މެޗު ކާމިޔާބު ކޮށްދިނުމުގެ އިތުރަށް، މި ސީރީސްގައި އޭނާގެ ނަމުގައި ގިނަ ރެކޯޑްތަކެއް މިހާރުވަނީ ހަދާފަ އެވެ.

ރޭ ނިމިގެން ދިޔަ ތިން ވަނަ ދުވަހުގެ މެޗުގައި، ދޯނީ ވަނީ 79 ބޯޅައިގައި 78 ލަނޑު ހަމަކޮށްފަ އެވެ. މިއީ ވަރަށް ބާރަށް ބޯޅައިގައި ޖަހާ، ދޯނީއަށް ކުރިމަތިވިވެފައިވާ ފާޑުކިޔުންތަކަށް އޭނާ ދިން ރަނގަޅު ރައްދެއްކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފަ އެވެ.

ކްރިކެޓް ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ ޑރ. ކްރިކެޓް ސެވަން ގައި ބުނެފައި ވަނީ، އިއްޔަގެ މެޗުގައި އެކަނިވެސް ދޯނީ ހަތް ރެކޯޑެއް ހަދާފައިވާ ކަމަށެވެ. އިއްޔަ ހެދި ރަން ތަކާކއެކު ދޯނީ ވަނީ އޭނާގެ ކެރިއަރުގައި އެއްދުވަހުގެ ކްރިކެޓްގައި 12000 ރަން ހަމަ ކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އެންމެ ގިނަ ރަން ހަދާފައިވާ ކުޅުންތެރިޔަކީ، އިންޑިއާގެ އެންމެ ކާމިޔާބު ކުރިކެޓް ކުޅުންތެރިޔާ ސަޗިން ތަންޑުލްކާ އެވެ. އޭނާ ވަނީ އޭނާގެ ކެރިއަރުގައި 21999 ރަން ހަދާފަ އެވެ.

އިއްޔަ މެދުކެނޑުމެއްނެތި ހެދި އިނިންގްސްގައި ދޯނީގެ ކެރިއަރުގައި އޭނާ ވަނީ ޖުމުލަ 119 އިނިންގްސް ހަދާފަ އެވެ. މިއީ ޝްރީލަންކާގެ މުޓިއަށް މުރަލިތަރަން އާ އެއްވަރުގެ އަދެކެވެ.

އަދި އިއްޔަ ހަޔަކަށް ޖަހައި، ދޯނީ ވަނީ، އޭނާގެ ކެރިއަރުގައި 200 ފަހަރަށް ހަ ޔަކަށް ޖަހައި ދުނިޔޭގެ ރެކޯޑް ގާއިމު ކޮށްފަ އެވެ. އެ ރެކޯޑްގައި އޭނާއާ އެންމެ ގަތް ކުރާ ކުޅުންތެރިޔަކީވެސް ތަންޑުލްކާ އެވެ. އޭނާ އަށް ހަޔަކަށް ޖެހިފައި ވަނީ 195 ފަހަރު އެވެ.

އަދި އިއްޔަ ހެދި ރަން އިން ހެދި ލަނޑު ތަކާއެކު، ވިކެޓްކީޕަރު އަދި ބެޓްސްމަންުންގެ ތެރެއިން ދެ ވަނަ އަށް އެންމެ ގިނައިން ރަން އިން ލަނޑު ހެދި ކުޅުންތެރިޔަކީވެސް މިހާރު ދޯނީ އެވެ. އޭނާ މިވަނީ އޮސްޓްރޭލިއާގެ ކުރީގެ ކެޕްޓަން އެޑަމް ގިލްކްރިސްޓް ތިން ވަނަ އަށް ވައްޓާލާފަ އެވެ. ނަމަވެސް ރަން އިން އެންމެ ގިނަ ލަނޑު ހެދުމުގެ ރެކޯޑް އަދިވެސް އޮތީ ލަންކާގެ ކުރީގެ ކުޅުންތެރިޔާ ސަންގަކަރަ އަތުގަ އެވެ. އޭނާ ވަނީރަން ގައި 13341 ލަނޑު ހަމަ ކޮށްފަ އެވެ. ދޯނީއަށް ހެދުނީ ޖުމުލަ 9442 ރަން އެވެ. ނަމަވެސް އެއް ދުވަހުގެ ކްރިކެޓްގެ ރަންގައި ދޯނީ އަކީ އިންޑިއާގެ ހަތަރު ވަނަ