ބޭރު ކުޅިވަރު

އެންމެންގެ ސަމާލުކަން "ގަރުނުގެ ކައިވެންޏަށް"!

Jul 1, 2017
4

"ގަރުނުގެ ކައިވެނި"ގެ ގޮތުގައި ސިފަކުރެވުނު ކައިވެނީގެ ރަސްމިއްޔާތެއްގައި، ބާސެލޯނާގެ ތަރި ލިއޮނެލް މެސީ އޭނާގެ ޒަމާންވީ ލޯބިވެރިޔާއާ ކައިވެނިކޮށްފި އެވެ. މި ކައިވެންޏަށް އެތައް ބައެއްގެ ބޮޑު ސަމާލު ކަމެއް ވަނީ ލިބިގެން ގޮސްފަ އެވެ.

މެސީ ،30، އޭނާގެ ލޯބިވެރިޔާ އެންޓޮނެލާ ރޮކޫޒޯއާ ،29، އާ ކައިވެނިކުރީ އާޖެންޓީނާގެ ރޮސާއިރޯގެ ލަގްޒަރީ ހޮޓަލެއްގައި އޮތް ރަސްމިއްޔާތެއްގަ އެވެ.

ރޮކޫޒޯ އަކީ މެސީގެ ދެ ދަރިންގެ މަންމަ އެވެ. މެސީ އުމުރުން 13 އަހަރުގައި ބާސެލޯނާ އަށް ބަދަލުވިއިރު ވެސް، އޭނާ އާއި ރޮކޫޒޯއާ ދެމެދު ރަހުމަތްތެރިކަން އޮވެ އެވެ.

މެސީގެ ކައިވެނީގެ ހަފުލާ އަށް ގާތްގަނޑަކަށް 290 މީހުން ބައިވެރިއިރު، އޭގެ ތެރޭގައި ފުޓްބޯޅަ ތަރިންނާއި އެހެން ސެލެބްރިޓީން ހިމެނެ އެވެ. ބާސާގެ ތަރިން ކަމަށްވާ ނޭމާ އާއި ލުއިސް ސުއަރޭޒް އާއި ޖެރާޑް ޕީކޭ އަދި އޭނާގެ އަންހެނުން ޝަކީރާ މެސީގެ ކައިވެނީގެ ހަފުލާގައި ބައިވެރިވި އެވެ.

މެސީގެ ކައިވެނީގެ ހަފުލާ އަށް މީޑިއާ އާއި އާންމުންގެ ސަމާލުކަން ވަނީ އަމާޒުވެފަ އެވެ. ކައިވެނީގެ ހަފުލާ ކުރިއަށް ދިޔަ ވަގުތު، އެތައް ސަތޭކަ ބަޔަކު ކައިވެނީގެ ހަފުލާ އޮތް ހޮޓެލް ކައިރިއަށް ޖަމާވި އެވެ.