ވިޔަފާރި

ވޯލްޑް ޓްރެވަލް އެވޯޑުގެ މުހިންމު ބައެއް ހޮނިހިރު ދުވަހު ރާއްޖޭގައި

ވޯލްޑް ޓްރެވަލް އެވޯޑުގެ "އިންޑިއަން އޯޝަން ގާލާ ނައިޓް" ހޮނިހިރު ދުވަހު ރާއްޖޭގައި އޮންނާނެ އެވެ.

ރާއްޖޭގެ ރިސޯޓެއް ކަމަށްވާ، ސަން ސިޔާމް ވިލުރީފު ރިސޯޓުގައި މި މަހުގެ އަށް ވަނަ ދުވަހު ބާއްވާ އިންޑިއަން އޯޝަން ގާލާ ނައިޓްގައި ރާއްޖޭގެ ސަގާފީ ހަރަކާތްތައް އޮންނާނެ އެވެ. މިގޮތުން މި ހަފުލާގައި ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރިޔާ މަރިޔަމް އުނޫޝާ ލަވަ ކިޔާނެ އެވެ.

މި އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑުގެ އިންޑިޔާ ކަނޑުގެ ބަޔަކަށް ރާއްޖޭގެ ގިނަ ތަންތަން ވަނީ ނޮމިނޭޓް ކޮށްފަ އެވެ. މިއަހަރު ނޮމިނޭޓް ވެފައިވާ ބައިތަކުގެ ތެރޭގައި އެންމެ ފުރިހަމަ ހަނީމޫން މަންޒިލާއި ފީނާ މީހުންގެ މެދުގައި މަގުބޫލު ޑައިވް މަންޒިލް އަދި ކްރޫޒް މަންޒިލް ހިމެނެ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑަކީ ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ ވަނަތަކެއް ލިބޭ އެވޯޑެކެވެ. އެންމެ ފަހުން ބޭއްވި އެވޯޑުގައިވެސް އެންމެ ފުރިހަމަ މަންޒިލާއި ހަނީމޫން މަންޒިލް ފަދަ ގިނަ އެވޯޑުތަކެއް ރާއްޖެއަށް ލިބުނެނެވ.