ވިޔަފާރި

ރެއިންބޯ "ރަމަޟާން ސޭލް" ގެ ނަސީބުވެރިން ހޮވައިފި

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހަށް އަމާޒުކޮށް ކޮށްގެން ރެއިންބޯއިން ކުރިއަށް ގެންދާ "ރަމަޟާން ސޭލް' ގެ ނަސީބުވެރި ފަރާތްތައް ހޮވައިފި އެވެ.

ރެއިންބޯ ބިލްޑްވެއާ ޝޯރޫމުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައިި ތިން ނަސީބުވެރިން ވަނީ ހޮވާފަ އެވެ. އެގޮތުން އެއް ވަނަ އަށް ހޮވުނު ފަރާތަށް ހުށަހަޅާފައިވަނީ ބެޑްރޫމް ސެޓެކެވެ. ސޭލް ގެ އެއްވަނަ ނަސީބުވެރި ފަރާތައް ހޮވުނީ 69601 ނަމްބަރު ކޫޕަނުގެ ވެރި ފަރާތް ކަމުގައިވާ އާމިނަތު އަލްޔާ އަށެވެ.

އަދި ދެވަނަ އަށް ހޮވިފައިވަނީ 34129 ނަމްބަރު ކޫޕަންގެ ވެރި ފަރާތް އަހުމަދު އާތިފެވެ. އެބޭފުޅާއަށް ލިބޭ އިނާމަކީ ސޯފާސެޓެކެވެ. އަދި ތިން ވަނަ އަށް ހޮވުނު ނަސީބުވެރި އަކީ 47313 ކޫޕަންގެ ނަސީބުވެރި ފަރާތް ނާޒިމާ އެވެ. ނާޒިމާއަށް ލިބޭ އިނާމަކީ އެލްޖީ ބްރޭންޑުގެ އޮޓޯ ދޮންނަ މެޝިނެކެވެ.

ރެއިންބޯ އިން ބުނީ ރޭ ހޮވުނު ނަސީބުވެރި ފަރާތްތަކުގެ މައުލޫމާތު އެ ކުންފުނީގެ ފިހާރަތަކުންނާއި ފޭސްބުކް ޕޭޖްގައި ފެންނަން ހުންނާނެ ކަމަށެވެ.

ރޯދަމަހަށް ހާއްސަކޮށްގެން ކޮންމެ އަހަރަކުވެސް ރެއިންބޯގެ ފަރާތުން ކުރިއަށްގެންދާ އެ ސޭލް މިއަހަރު ކުރިއަށް ގެންގޮސްފައިވަނީ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.