ބޭނުންވާ ސްޓައިލަށް، ނިއުރޭޑިއަންޓް ބައްޓަން ކުރަން ވަގުތު ކޮޅެއް ބޭނުންވާނެ ކަމަށް ނިއުގެ އާ ކޯޗް ސްޕެއިންގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.
ބުރުޒޮންގެ ކޯޗް ކަމުގެ ދަށުން ނިއު ކުޅޭ ފުރަތަމަ މެޗުގައި، މިއަދު ހަވީރު، އެ ޓީމު ނިކުންނާނީ، ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން ނިއުގެ ޕްރެކްޓިސް ފެށީ މިދިޔަ ބުދަ ދުވަހު އެވެ.
"މިވަގު އަހަންނަކަށް ނެތް ޕްރީ ސީޒަނެއް ގޮތަށް މަސައްކަތް ކުރިއަށް ގެންދާކަށް ވަގުތެއް، އަހަރެން މި ޓީމާ މި ހަވާލުވީ މުބާރާތެއްގެ މެދުތެރެއިން [މިއަދު] ގެ މެޗަށް ފަހު އަހަންނަށް އެނގޭނީ ކިހިނެއްކަން އަހަރެން މި ޓީމު ބައްޓަން ކުރާނީ،" ދިވެހި މީޑިއާއާ ފުރަތަމަ ފަހަރަށް ވާހަކަ ދައްކަމުން ބުރުޒޮން ބުންޏެވެ.
ކުރީގެ ކޯޗް ބެނަޑޯ ޓަވަރޭސް، ކޯޗް ކަމުން ވަކި ކުރީ، އޭނާ އާއެކު ނިއު ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެފައި ވުމުން، މެނޭޖްމެންޓުން ބޭނުންވާ ނަތީޖާ ނުނެރެވުމުން ނެވެ. އެކަމުގެ ޕްރެޝަރު ބުރުޒޮން އަށް އެބައޮތްތޯ ސުވާލު ކުރުމުން އޭނާ ބުނީ އެކަމުގެ ޕްރެޝަރެއް ނެތް ކަމަށާއި އޮތްނަމަ ހަމައެކަނި ޕްރެޝަރަކީ ކުރިއަށް އޮތް ހުރިހާ މެޗަކުން މޮޅުވާން ނިއުގެ ޗެއާމަން ބޭނުންވުން ކަމަށެވެ.
"ޕްރެޝަރަކީ، ނިއުރޭޑިއަންޓް ޗެއާމަން އަހަރެން އައުމުން އަހަރެން ގާތު ބުނި އޭނާ ބޭނުން ވަނީ ހުރިހާ މެޗަކުން މޮޅުވާށޭ، އެއީ ހަމައެކަނި އަހަންނަށް އޮތް ޕެޜަޝަރަކީ، އެ ޕްރެޝަރާ ހަމަޖެހިލައިގެން އަހަންނަށް ޑިލް ކުރެވޭނެ."
ނިއުގައި ތިބީ ޓޭކްޓިކަލީ ރައްޖޭގެ އެންމެ މޮޅެތި ކުޅުންތެރިން ކަމަށާއި އަދި ރާއްޖޭގެ އެންމެ ކާމިޔަބު ކުލަބަށް ނިއު ވުމުން އަބަދުވެސް ނިއު މޮޅުވާން ޖެހޭނެ ކަމަށް އެންމެން ދޭކޭ ދުކުން އެބައޮތް ކަމަށެވެ. އޭނާ ބުނީ މޮޅުވުމުގެ މެންޓަލިޓީ އަންނާނީ ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެގެން ކަމަށެވެ.
"އަހަންނަށް ހީވަނީ އެންމެ މުހިންމު ކަމަކަށް އަހަރެމެންގެ އޮންނަން ޖެހޭނެ ހެން ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅުން، އެންމެ މުހިންމު ކަމަކީ ގޭމްގެ މޮޑެލް އަހަރެމެން އެކަން މިހާރު ފެށިގެން ކުލަބުގައި ފަށާނަން، ބަލަން ތިބެމާ، އަހަރެންގެ މަގުސަދަކީ އަދި އަމާޒަކީވެސް އަދި އެކަމުގެ ސަބަބުން އަހަންނަށް ހިތްހަމެޖެހުން ލިބޭނީވެސް ގޭމްގެ މޮޑެލް ބަދަލުކޮށްގެން،" ބުރުޒޮން ބުންޏެވެ 'ގޭމްގެ މޮޑެލް ބަދަލުކޮށްގެން އަހަރެމެންނަށް ރަނގަޅު ކަންތައްތަކެއް ގެނެވޭނެ، އަދި ގޭމްގެ މޮޑެލް ބަދަލުކޮށްގެން ގިނަ މެޗުތަކުން މޮޅު ވެވޭނީވެސް."
ނިއުގެ ޓީމާއެކު ބުރުޒޮން ގެންދިޔަ ޕްރެކްޓިސް ޝޭޝަންތަކުގައި ފުރަތަމަ ތިން ދުވަހުގައި އޭނާ ބޮޑަށް މަސައްކަތް ކުރީ ޑިފެންސިވަށް އިސްކަން ދީގެން ނެވެ. އޭނާގެ ޕެލޭންއަކީ ޑިފެންސިވް ސްޓްރެޓަޖީއެއްތޯ އެއްތޯ ސުވާލުކުރުމުން ބުރުޒޮން ބުނީ އޭނާގެ އަމާޒަކީ، ނިއުރޭޑިއަންޓަކީ އެންމެ ގިނައިން ލަނޑު ޖަހާ، އަދި އެންމެ މަދުން ލަނޑު ވަންނަ ޓީމު ކަމަށް ހެދުން ކަމަށެވެ.
ހަމްޒާ މުހައްމަދު (ހަމްޕް) އާއި އެޑްރިއަން ގަލާޑޯ އާއި އަލީ ފަސިރު (ސެންޓޭ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި އަލީ އަޝްފާގް (ދަގަނޑޭ)އާ އެކު ނިއުގައި ވަރުގަދަ އެޓޭކިން ފޯސްއެއް އެބައޮތް ކަމަށާއި، ޑިފެންސިވް އަށް ބޯޑަށް އިސްކަން ދިނީ އެޓޭކިންއާ އެއްވަރަށް ޑިފެންސްވެސް ކުރުމަށް ކަމަށް ބުރުޒޯން ބުންޏެވެ. ނަމަވެސް މިހާރު ޕްރެކްޓިސް ދަނީ ޑިފެންސިވް އާއި އޮފެންސިވްއަށް ވެސް އެއްވަރަށް އިސްކަންދީގެންނެވެ.
"އެންމެ ފުރަތަމަ އަހަރެން އިސްކަން ދޭ ކަމަކީ ގޭމް ކޮންޓްރޯލް ހޯދައިގެން ކުޅުން، ގޭމް ކޮންޓްރޯލް ހޯދިއްޖެނަމަ، ބޯޅައިގެ ކޮންޓްރޯލް ލިބޭނެ،" އެކަށީގެންވާ ވަގުތެއް ލިބިއްޖެނަމަ، ޒަމާނީ ފުޓްބޯޅައިގެ ޕާސިން ގޭމް ރާއްޖޭގެ ފުޓްބޯޅައިގައި އަހުލުވެރި ކުރެވިދާނެތޯ ސުުވާލު ކުރުމުން ބުރުޒޮން ބުނީ އޭނާ، ކުރިން ކޯޗް ކޮށްދިން އިންޑިއާގެ ސްޕޯޓިން ގޯއާ މިހާރުގެ ހަލާތު ދިރާސާ ކޮށްލުން މުހިންމު ކަމަށެވެ.
"ދެތިން ދުވަހުގެ ޕްރެކްޓިސްއަކުން އަހަންނަކަށް ތިހެން ބުނަކަށް ނޭންގޭނެ،" ބުރުޒޮން ބުންޏެވެ. "މިތާންގައި އެއްގޯލް ޖަހާފައި ދެން މަޑު ކުރާނީ އިދިކޮޅު ޓީމުން އަނެއްކާވެސް ބޯޅައެއް އަންނަދެން، އެހެންވެ އަހަރެން މި މަސައްކަތް ކުރަނީ ފަސޭހަ ކަމެއް މިތަނުގައި ކުރާކަށް ނޫން އެއީ ބޮޅަ ކޮންޓްރޯލް ކޮށްގެން ގޭމް ކޮންޓްރޯލް ހޯދުން، ނަތީޖަތަކުގެ މައްޗަށް ބިނާކޮށް އަހަރެން ބޭނުމީ އިތުރަށް ބިނާ ކުރަން، ތެދެއް ބައެއް ފަހަރު އެކަމެއް ނުވާނެ، އިދިކޮޅު ޓީމަށް ބައެއް ފަހަރު އެނގޭނެ އެމީހުން ޕެރެސްކޮށްގެން ކުޅެފިއްޔާ ޓީމަށް އުނދަގޫ ވާނެކަން، އެހެންވެ އަބަދުވެސް ޖެހޭނީ އެކަމަށް ތައްޔާރު ވެގެން ތިބެން، މިއީ ގޭމް މޮޑެލް އަހަރެން ބައްޓަން ކުރަން ބޭނުންވާ ގޮތަކީ."