ލައިފްސްޓައިލް

މީ ފުރާވަރުގެ ކުދިންނެއް ނޫން، ދެބައި އުމުރުގެ އަންހެނުން!

ފޮޓޯއިން އެ ފެންނަނީ އުމުރުން 35 އަހަރުން މަތިވެފައި ތިބި ބައެކޭ ބުނެފިނަމަ އެކަން ގަބޫލުކުރެވިދާނެ ހެއްޔެވެ؟ ގަބޫލު ނުކުރެވުނަސް ހަގީގަތަކީ އެއީ އެވެ.

ފޮޓޯގައި އެ ފެންނަނީ 36 އަހަރާއި 40 އަހަރު އަދި 41 އަހަރުގެ ތިން އަންހެނުންނެވެ. ތިން މީހުންގެ މަންމައަށް 63 އަހަރު ވެއްޖެ އެވެ. އުމުރުން ދެބައި އުމުރަށް އަޅާފައި ތިއްބަސް ބަލާބެލުމަށް ތިން މީހުންނަކީ ވެސް ފުރާވަރުގެ ކުދިންނެކޭ ތަފާތެއް ނެތެވެ. މިއީ ތައިވާނަށް ނިސްބަތްވާ އާއިލާ އެކެވެ. މިހާރު މުޅި އިންޓަނެޓް ހިސޯރުކޮށްގެން އުޅެނީ މި އާއިލާއިންނެވެ.

މި އާއިލާ މަޝްހޫރުވެގެން ދިޔައީ އުމުުރުން 41 އަހަރުގެ އިންޓީރިއާ ޑިޒައިނަރު އަދި ފެޝަން ބްލޮގާ ލުއާ ޝޫ އަދި އޭނާގެ އާއިލާގެ ފޮޓޯތައް އާންމުވުމުންނެވެ. ލުއާ ޝޫގެ މަންމައަކީ ރިޓަޔާ ކޮށްފައިވާ ނެށުންތެރި އެކެވެ. އުމުރުން 63 އަހަރުގެ މަންމަވެސް ބައެއް ފަހަރު މީހުންނަށް އޮޅޭ ކަމަށްވެ އެވެ. ބަލާބެލުމަށް ލުއާ ޝޫގެ މަންމަ ހީވަނީ ތިރީހަކަށް އަހަރުގެ އަންހެނެއް ހެންނެވެ.

އާއިލާގެ ޒުވާންކަމުގެ ސިއްރާ ބެހޭގޮތުން ތައިވާންގެ "ފްރައިޑޭ" މެގަޒިން އަށް އިންޓަވިއު އެއް ދީފައި ވެސް ވެއެވެ. އެ ގައުމުގެ މީޑިއާ ތަކުން އެއާއިލާ އަށް މިހާރު ވަނީ "ފެމެލީ އޮފް ފްރޯޒަން އޭޖެސް" ގެ ނަން ދީފަ އެވެ.

އެ އާއިލާގެ ޒުވާންކަމުގެ ފަހަތުގައި ވަނީ އަގު ބޮޑު އުފެއްދުންތަކެއް ނޫނެވެ. ފެނެވެ. ކޮންމެ ދުވަހަކުވެސް އެތައް ލީޓަރެއްގެ ފެން އެމީހުން ބޯ ކަމަށް ވެއެވެ. ހެނދުނު ހޭލައިގެން ކޮންމެ ދުވަހަކުވެސް ތާފަނާ ފެން ބޮއެެވެ.

"ކޮންމެ ދުވަހަކު ހޭލައިގެން 350 އެމްއެލް އާއި 500 އެމްއެލް އާ ދެމެދުގެ ތާފަނާ ފެން ބޮން، ވަރަށް ޒަމާން ވެއްޖެ އެގޮތަށް ކަންތައް ކުރާތާ، އަހަރުމެންގެ ޒުވާންކަމުގެ ސިއްރަކީ އެއީ،" އުމުރުން 40 އަގަރުގެ ފޯފޭ ބުނެފައިވެ އެވެ.

ޒުވާންކޮށް ހުންނަން އެދޭނަމަ ފެން ބުއިން ގިނަ ކުރަން އަވަހަށް ފަށާށެވެ. ފެނުގެ މުހިންމުކަން މި ތިން މީހުންނަށް އެކަނި ބަލާލިޔަސް މިއޮތް ފެންނަނީ އެވެ.