ހަބަރު

ލޯނު ދިނުމުގައި އެނާޖީ އެފިޝަންސީއަށް ބަލާ މިންވަރުގެ ދިރާސާ ކުރަނީ

ރާއްޖޭގައި ހިންގާ މާލީ އިދާރާތަކުން އިމާރާތްކުރުމުގެ ދާއިރާއަށް ލޯނު ދިނުމުގައި ހަކަތަ ބޭނުންކުރާ މިންވަރު ކުޑަކުރުމަށް ރިއާޔަތްކުރާ މިންވަރު ދިރާސާ ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަޖީ އާއި ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ޝީ ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީި މިނިސްޓަރު ތޯރިގް އިބްރާހީމެވެ. އަދި ޔުނިވާސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޔުނިވާސިޓީގެ ޗާންސެލަ ޑރ. މުހައްމަދު ލަތީފެވެ.

އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ހިންގާ ފައިނޭންޝިއަލް އިންސްޓިޓިއުޓްތަކުން އިމާރާތް ކުރުމުގެ ދާއިރާއަށް ދެވޭ ލޯނާއި އިންސްޓްރުމަންޓްތައް ދިނުމުގައި ތިމާވެއްޓާާއި ރައްޓެހި ޓެކްނޮލޮޖީ ބޭނުން ކުރުމަށް ބާރުއަޅާ މިންވަރުބަލައި ދާއިރާއިން އިސްކަންދެވޭ މިންވަރު ބެލުމަށް ހިންގާ ދިރާސާއެކެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އިމާރަތް ކުރުމުގެ ދާއިރާގައި ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ތައާރަފްކޮށް ސާފުހަކަތަ ބޭނުންކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ބޭނުންވާ ޓެކްނިކަލް އެހީތެރިކަމަާއި މާލީގޮތުން ލުއިފަސޭހަ ގޮތްތަށް ބަލައި މާލީ އިދާރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދެވިގެންދާނެ ކަމަށެވެ. އަދި މި ދިރާސާ އަށް ފަހު ދެވަނަ މަރުހަލާގައި ބެލާނީ ބޭންކްތަކުން މާލީ އެހީ ދޫކުރާއި ފަސޭހަ ގޮަތްތަށް ހޯދައިބެލުން ކަމަށް މިނިސްތަރު ވިދާޅުވި އެވެ.

"ގައުމެއްގައި ގާތްގަނޑަކަށް 30 ޕަސަންޓް އެނަޖީ ބޭނުން ކުރަނީ ބިލްޑިންތަކުގައި ކަމުން މި ޕްރޮޖެކްޓްގެ ދަށުން ހަކަތައަށް ކުރާ ހޭދަ ދެނެގަނެވި ހަރަދު ކުޑަ ކުރުމަށް މަސައްކަތް ކުރެވިގެންދާނެ" މިނިސްޓަރު ވިދާޅުވި އެވެ.