ލައިފްސްޓައިލް

ލަންކާގައި ހާލުގައި ޖެހުނު މީހުންނަށް ދިވެހިންގެ އެހީތެރިކަން

މިދިޔަ މަހު ސްރީލަންކާގައި ފެންބޮޑުވެ ގިނަ ގެއްލުންތަކެއް ލިބުނު ކަލުތަރަ ޑިސްޓްރިކްޓުން ހާލުގައި ޖެހުނު ގިނަ ބަޔަކަށް އިޖުތިމާއީ ހިދުމަތުގެ ދާއިރާ އިން، ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނާއި މީހުންނަށް އެހީވުމަށް މަސައްކަތްކުރާ ދިވެހި ޒުވާނާ އަހްމަދު ހިޝާން އެހީތެރިވެދީފި އެވެ.

ހިޝާން އަދި ގިނަ ދިވެހންގެ އެހީތެރިކަމާއެކު އޭނާ ވަނީ ކަލުތަރަ އަވަށަށް ޒިޔާރަތް ކޮށް 200 މީހުންނަށް ބޭނުންވާ އަންނައުނާ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ހިޝާން ވަނީ އެމީހުންނާ ބައްދަލުކޮށް އެމީހުންގެ ހާލު އަހުވާލު އޮޅުންފިލުވާފަ އެވެ. އެ ސަރަހައްދަކީ ގިނަ އަދަދެއްގެ މުސްލިމުންވެސް ދިރިއުޅެމުން އަންނަ ސަރަހައްދެކެވެ.

ހިޝާން އަކީ އުމުރުން ދުވަސްވީ މީހުންނާިއ ނުކުޅެދޭ ފަރާތްތަކަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުރާ ފަރާތެކެވެ. ހިޝާން ވަނީ އިޖުތިމާއީ ހިދުމަތުގެ ދާއިރާ އިން، ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނާއި މީހުންނަށް ހިދުމަތްކޮށް އެ މީހުން ފުދުންތެރި ބަޔަކަށް ހެދުމަށް މަސައްކަތްކުރުމުގެ ހިތްވަރަށް ގައުމީ އެވޯޑް ހާސިލްކޮށްފަ އެވެ.

އެ ހާދިސާގައި 60،000 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.