"އައި އޭމް ބޯޑް. ކޮމެންޓް ފޯ އާ ޓީބީއެޗް،" މި ޕޯސްޓެއް އެންމެ ފުރަތަމަ ފޭސްބުކް ތެރެއަށް ވެރިވެގަނެގެން އުޅުނީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. އެއަށްފަހު މިިދިޔަ އަހަރުވެސް އެ ފޯރިގަނޑެއް ދޭތެރެއަކުން އަރަ އެވެ. އަނެއްކާ މިއަހަރުވެސް ޓީބީއެޗް ނުވަތަ "ޓު ބީ އޮނެސްޓް" ގެ ހުންގަނޑު ފޭސްބުކް ތެރޭގައި އެބައުޅެ އެެވެ.
ދުނިޔޭގެ ކޮންމެ ހިސާބަކުން ސޯޝަލް މީޑިއާގެ ތެރެއަށް އެއްޗެއް ތައާރަފްވާއިރު އެ އެއްޗެއް އޮންނާނީ ދިވެހިންނާ ހަމައަށްވެސް އައިސްފަ އެވެ. ބައެއް ކަހަލަ ޕޯސްޓުތައް ހަފްތާއެއް ނުވަތަ ދެ ހަފްތާއެއް ތެރޭ އޮބިގެން ހިނގައިދެ އެވެ. އެހެން ނަމަވެސް ޓީބީއެޗްގެ ފޯރިގަނޑެއް ނުގެއްލެ އެވެ. މަޑުޖެހިފައި އޮވެފައި ދޭތެރެއަކުން ހިލިގަނެ އެވެ.
އެއް ގޮތަކުން ބަލަންޏާ މިއީ ވަރަށް ރަނގަޅު ޕޯސްޓެކެވެ. އަނެއް މީހާ ތިމާ އާ ދޭތެރޭ ދެކޭގޮތެއް ދެނެގަނެވޭނެ އެވެ. ފޫހިވެ ކުރާނެ ކަމެއް ނެތިގެން އޮވެ އެކަހަލަ ސްޓޭޓަސް އެއް ޖަހާލުމުން ފޭސްބުކްގެ ހުރިހާ ރައްޓެހިންތައް ކެކި" އަރައިގަނެ އެވެ. މަށޭ މަށޭ ގޮވާ 15 ވަރަކަށް މިނެޓުތެރޭ 50 އެއްހާ ކޮމެންޓް އާދެ އެވެ. ފޫހިގަނޑު އަރައިގެން ދާ ގޮތެއްވެސް ނޭނގެ އެވެ. ހުރިހާ ކޮމެންޓުތަކަށް ރިޕްލައިކޮށް ވަގުތުތައް ދާ ގޮތްވެސް ނޭނގެ އެވެ.
މި ޕޯސްޓުތަކަށް ކޮމެންޓުކުރާ މީހުންނަށް ނިކަން "ސްވީޓް" ރިޕްލައިތައް ލިބެ އެވެ. އެމީހަކު މުހިންމު ވަރާއި ދިރިއުޅުމުގައި އެމީހެއްގެ ރޯލެވެ. އަދި އޭނަ ދެކެ ލޯބިވާ ވަރު ބުނެދީ "ހިތް" ތަކުން ފުރާލަ އެވެ. ދިހަ، ބާރަ ފޮޅުވަތުގެ ބޮޑެތި ބަޔާންތައްވެސް ލިބެ އެވެ.
ޓީބީއެޗް ޕޯސްޓުތަކުގައި އާންމުކޮށް އެންމެ ފޯރިނަގަނީ ފުރާވަރުގެ ކުދިންނެވެ. ފުރާވަރުގެ ޖޯޝުގައި ނިކަން ދިގު ޕެރެގްރާފްތައް ލިޔެ އެވެ.
ދެން އުޅެނީ އެ ޕޯސްޓަށްވެސް މަކަރު ހަދާ މީހުންނެވެ. ކޮމެންޓު ކުރާށޭ ބުނެފައި އެއަށް ރިޕްލައި ނުކުރާ މީހާ އެވެ. ނިކަން އުންމީދާ އެކު އެ ސްޓޭޓަސް އަށް ރިޕްލައިކޮށް މަހެއް، ދެމަހެއް ވެގެންދާއިރުވެސް އަޅާކަހާ ނުލަ އެވެ. މި ޕޯސްޓުގެ އެހެން ވައްތަރެއްވެސް އުޅެ އެވެ. އެއީ "ކޮމެންޓް ޓީބީއެޗް ފޯ ޓީބީއެޗް" އެވެ. އޮނެސްޓީ ބޭނުންވެގެން ބޮޑެތި ޕެރެގްރާފްތައް ލިޔުމުން އެ ކޮމެންޓަށް ލައިކެއް ދީފައި ނިންމާލަ އެވެ. ދޭން ވައުދުވި އޮނެސްޓީ ނުދީ އެވެ.
ކޮންމެ އަކަސް މި ޕޯސްޓަކީ ވައިގަ ހިފި ގޮތަކަށް އޭގެ އަސަރު މުޅިން ފިލާ ނުދާ ޕޯސްޓެކެވެ. އަދިވެސް އޭގެ ފޯރި ގަދަ އެވެ.