ދިވެހި ސިނަމާ

"ބޮސް" ގެ އާ ތަރިއަކީ ޔުނާނު!

ފިލްމު ޕްރޮޑިއުސަރު / ޑައިރެކްޓަރު ފާތުމަތު ނަހުލާގެ އާ ފިލްމު "ބޮސް" ގެ ވާހަކަ ދައްކާތާ ލައްކަ ދުވަސްވެއްޖެ އެވެ. ފިލްމު އިއުލާނު ކުރުމާއެކު އެންމެންވެސް ހީކުރީ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ މިހާރު އެންމެ މަޝްހޫރު އަދި ޒުވާން އެކްޓަރު މުހައްމަދު ޖުމައްޔިލް ކަމަށެވެ. އެހެން ނަމަވެސް ނަހުލާ ބުނީ މިފަހަރު މޮޅު، އާ ތަރިއެއް ދާއިރާއަށް ނެރޭނީ ކަމަށެވެ. އެތަރި އާ ބެހޭ އިތުރު ތަފްސީލެއް އޭރު ނުދިނެވެ.

ފިލްމު ރަސްމީކޮށް ލޯންޗު ކުރުމަށްފަހު ރޭވަނީ ފިލްމުގެ ތަރިންނާއި ފިލްމުގެ ލަވަތައް ކިޔާފައިވާ ފަރާތްތަކާއި ފިލްމުގެ ކްރޫ އެއްކޮށް ދައްކާލާފަ އެެވެ. ބޮސް ގެ ލީޑް އެކްޓަރު މުހައްމަދު ޔުނާނު ތައާރަފް ކޮށްފައިވަނީ ވެސް އެ ރަސްމިއްޔާތުގަ އެވެ. މީގެ އިތުރުން ފިލްމުގެ ފުރަތަމަ ޓީޒާވެސް ވަނީ ދައްކާލާފަ އެވެ. -- ބޮސްގެ ޝޫޓިން މިހާރު ފެށިގެން ކުރިއަށް އެބަ ދެ އެވެ.

ލޯތްބާއި ހިތާމައިން ފުރިގެންވާ އެ ފިލްމަށް އާ ތަރިއެއް ހަމަޖައްސެމުން ގިނަ ބަޔަކުވަނީ އެކަމާ ހައިރާން ވެފަ އެވެ. އެކަމަކު ނަހުލާ އަކީ އޭނާގެ މަސައްކަތާއި ދޭތެރޭ ޝައްކު ކުރާނެ ޖާގައެއް މިހާތަނަށް ދިން ފަރާތެއް ނޫނެވެ. އެހެންވެ އައްޒަ އަދި ޔުނާނުގެ ކެމިސްޓްރީ ވަރަށް ވެސް ފުރިހަމަވާނެ ކަމަށް ބެލެވެ އެވެ.

ފިލްމުގެ ޑައިރެކްޓަރަކީ ވެސް ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ނަން ކަމަށްވާ އައިޝަތު ރިޝްމީ އެވެ. އެހެންކަމުން އެއީ ފިލްމު ރީތިވާނެ ކަމުގެ އިތުރު އެއް ހެއްކެވެ.

އައްޒަ އަދި ޔުނާނާއެކު މި ފިލްމުން ދެން ފެނިގެންދާނީ ވެސް ކުޅަދާނަ އަދި އެންމެ އުހުގައި މިހާރު ފިޔަޖަހަމުންދާ ތަރިންނެވެ. ފާތިމަތު އާޒިފާ (އަޒޫ)، އަލީ އާޒިމް (ދޮން އައްޔަ)، އިބްރާހިމް ޖިހާދު (ޖިމީ) އަދި އަލީ ޝަމީލް އެވެ.

ސިނެމްސްޓޯން އިން ސިނެމެޓޮގްރަފީ ހަދައިދޭ އެ ފިލްމަކީ ފޯކޭ ކޮލިޓީގައި އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ބޮސް ސިފަ ކުރަނީ ބޮސް ދިނުމުގެ ގޮތުގަ އެވެ.

ފިލްމުގެ ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ)، އައިޝަތު މާއިން ރަޝީދު، ޝަލަބީ އިބްރާހީމް، މަރިޔަމް އަޝްފާ، އިބްރާހިމް އަލީ (ކުޑަ އިއްބެ)، ކޮމަންޑޫ އައްޔަ އަދި އަހުމަދު ނަބީލް އެވެ. ބޮސް ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު 24 ގަ އެވެ.