ހަބަރު

އިބޫ އާއި ޝާހިދު ލަންކާއަށް ވަޑައިގެންފި

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ސްރީ ލަންކާއަށް ފުރާ ވަޑައިގެންފި އެވެ.

ޝާހިދުއާއި އިބޫ ލަންކާއަށް ފުރާފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެ ދެ ބޭފުޅުން ލަންކާއަށް ވަޑައިގެންނެވި އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިދިޔަ ބުދަ ދުވަހު ވަޑައިގެން ހުންނެވީ ސްރީލަންކާ އެވެ. ޝާހިދާއި އިބޫގެ މި ދަތުރުފުޅާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ބަހެއް ލިބޭގޮތެއް ވަނީ ނުވެފަ އެވެ.

ނަމަވެސް އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދެވި ފަހުން ރައީސް ނަޝީދު ވަނީ އެކި ފަހަރުގެ މަތިން ލަންކާއަށް ވަޑައިގެން އެމްޑީޕީގެ ލީޑާޝިޕާ ބައްދަލު ކުރައްވައިފަ އެވެ. އަދި އިބޫ އާއި ޝާހިދު ލަންކާއަށް ވަޑައިގަތީ ރާއްޖޭގެ ސިޔާސީ މައިދާން ހަލަބޮލިވެ، ރައްޔިތުން މަޖިލީހުގައި އޮތް ސަރުކާރުގެ މެޖޯރިޓީ ގެއްލިފައިވާ ކަމަށް ބުނާ ދަނޑިވަޅެއްގަ އެވެ.