ހަބަރު

އެޑިއުކޭޝަންގެ އެޑްވައިޒަރު ކަމުން ޒާހިރު ވަކިކޮށްފި

Jul 8, 2017
2

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެޑްވައިޒަރު ކަމުގެ މަގާމުގައި ހުންނެވި ނިޝާން އިއްޒުއްދީނުގެ އިތްޒަތްތެރި ވެރިޔާ، ޑރ. މުހައްމަދު ޒާހިރު ހުސެއިން، އެ މަގާމުން މިއަދު ވަކި ކުރައްވައިފި އެވެ.

އަވަސް އަށް ކަށަވަރުވެފައިވާ ގޮތުގައި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގާތް އެކުވެރިޔާ، ޒާހިރު އެ މަގާމުން ވަކި ކުރެއްވި ކަމުގެ ލިޔުން ވެސް މިއަދު ވަނީ ހަވާލުކޮށްފަ އެވެ.

ކުރިން ޔޫތު މިނިސްޓަރުކަމާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ކަމާއި އެކްޓިން ބަންޑާރަ ނައިބުގެ މަގާމާއި ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާކަމުގެ މަގާމު ވެސް ޒާހިރު ފުރުއްވެވި އެވެ.