ލައިފްސްޓައިލް

މިސްޓަ މޯލްޑިވްސްގެ ކައުންޓްޑައުން ޝޯތައް ފަށައިފި

އަންނަ މަހު ބާއްވާ ބޭޑްލެބް މިސްޓަ މޯލްޑިވްސްއަށް ހާއްސަކޮށްގެން ރާއްޖެ ޓީވީ އާއި އައިސް ޓީވީއިން ކައުންޓް ޑައުން ޝޯތަކެއް ފަށައިފި އެވެ.

ބޭޑްލެބް މިސްޓަ މޯލްޑިވްސް އިން އިންތިޒާމުކުރާ ޗޮޕާޓުން ބުނީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 11:30 ގައި ރާއްޖެ ޓީވީ އާއި އައިސް ޓީވީން ދައްކާ މިސްޓަ މޯލްޑިވްސް ކައުންޓް ޑައުން ޝޯގައި ހާއްސަ ބައިތަކެއް ހިމެނޭނެ ކަމަށެވެ. މިގޮތުން ފުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާނެ ގިނަ މައުލޫމާތުތަކާއި ހެލްތް އެންޑް ފިޓްނަސްގެ ހާއްސަ ބައެއްވެސް ހިމެނޭނެ އެވެ. މިސްޓަ މޯލްޑިވްސްއަށް ހާއްސަކޮށް ކުރިއަށް ގެންދާ ހަތަރު ޝޯއެއް ދައްކާނެ އެވެ.

މިސްޓަ އޮންނާނީ އަންނަ މަހު އެވެ. މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް މިފަހަރުވެސް ހަމަޖައްސާފައިވަނީ އޭޑީކޭ ކޮމްޕެނީން އެތެރެކުރާ "ބޭޑްލެބް" އެވެ.

ބޮޑީ ބިލްޑަރުންގެ މެދުގައި ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި މުބާރާތުގައި މިސްޓަ މޯލްޑިސްގައި ދެ ބައެއް އޮންނާނެ އެވެ. މީގެތެރޭގައި ހިމެނެނީ ބޮޑީ ބިލްޑިން ކެޓަގަރީ އަކާއި ފިސީކް ކެޓަގަރީ އެވެ. އެގޮތުން "ބޮޑީ ބިލްޑިން ކެޓަގަރީ"ގެ އެއްވަނައަށް 50،000ރ. ގެ ފައިސާގެ އިނާމެއް ދޭނެ އެވެ. އަދި "ފިސީކް ކެޓަގަރީ" ގެ އެއްވަނައަށް ދާ މީހަކަށް 30،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.