ލައިފްސްޓައިލް

ބޭޑްލެބް މިސްޓަ މޯލްޑިވްސް އަންނަ މަހު ތިނެއްގައި!

މިސްޓަ މޯލްޑިވްސް އަންނަ މަހުގެ ތިނެއްގައި ބާއްވަން ނިންމައި، ޓައިޓަލް ސްޕޮންސަރަކަށް އޭޑީކޭ ކޮމްޕެނީން އެތެރެކުރާ "ބޭޑްލެބް" ހަމަޖައްސައިފި އެވެ.

އަންނަ މަހުގެ ތިން ވަނަ ދުވަހު ބާއްވާ "ބޭޑްލެބް މިސްޓަ މޯލްޑިވްސް" ގެ އެއްބަސްވުމުގައި ޗޮޕާޓުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓާ މިހުސޯ އަބްދުއްސައްތާރު (މިހުސޯ) އެވެ.

އަންނަ މަހު ބާއްވާ މިސްޓަ މޯލްޑިވްސްއާ ބެހޭ ގޮތުން، ޗޮޕާޓުގެ ޑިރެކްޓަރު މިހުސޯ ވިދާޅުވީ މި އަހަރުގެ މުބާރާތް މިދިޔަ އަހަރާ ތަފާތުވާނެ ކަމަށެވެ.

"މި އަހަރު އެންމެ ބޮޑު ތަފާތަކަށް ފެންނާނީ ފެޝަން ޝޯއެއް ވެސް އޮތުން. މީގެ އިތުރުން ވެސް ގިނަ ކަންތައްތަކެއް ހިމެނޭނެ،" މިހުސޯ ވިދާޅުވި އެވެ.

ބޮޑީ ބިލްޑަރުންގެ މެދުގައި ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި މުބާރާތުގައި މިސްޓަ މޯލްޑިސްގައި ދެ ބައެއް އޮންނާނެ އެވެ. މީގެތެރޭގައި ހިމެނެނީ ބޮޑީ ބިލްޑިން ކެޓަގަރީއަކާއި ފިސީކް ކެޓަގަރީ އެވެ. އެގޮތުން "ބޮޑީ ބިލްޑިން ކެޓަގަރީ"ގެ އެއްވަނައަށް 50،000ރ. ގެ ފައިސާގެ އިނާމެއް ދޭނެ އެވެ. އަދި "ފިސީކް ކެޓަގަރީ" ގެ އެއްވަނައަށްދާ މީހަކަށް 30،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.