މިއުޒިކް

ދެ އަހަރު ފަހުން ޒިޔާގެ އާ ލަވައެއް

Jul 8, 2017
6

ދިވެހި ލަވަތަކުގައި އެންމެ އާންމުކޮށް ފެންނަމުން ދިޔަ އެއް މޫނަކީ އަހްމަދު ޒިޔާ އެވެ. އެކްޓް ކުރަމުން ގޮސް ކެމެރާގެ ފަހަތުގެ މަސައްކަތަށް ޒިޔާގެ ޝައުގުވެރިކަން ދަމައިގަނެ ކެެމެރާގެ ފަހަތަށް ދެވުނީ އެވެ. އެފަހުން ޒިޔާ ބޮޑަށް ހަރަކާތްތެރިވަމުން ދިޔައީ ކެމެރާގެ ފަހަތުގަ އެވެ. ޑައިރެކްޓް ކުރުމާއި އެޑިޓް ކުރުމުގަ އެވެ.

ކެމެރާގެ ފަހަތަށް ޒިޔާ އެރުމުން އޭނާގެ ފޭނުން ދިޔައީ ޝަކުވާ ކުރުމުންނެވެ. ޒިޔާ ނުފެންނާތީ އެވެ. އެެހެންކަމުން ފޭނުން އުފާކޮށްލަން ޒިޔާ އަނެއްކާވެސް ލަވައެއް ކުޅެފި އެވެ. "ރޭ ރޭ" ނަމަކަށް ކިޔާ އެ ލަވައިގައި ޒިޔާ އާ އެކު ފެނިގެންދާނީ އައިމިނަތު ޒިޔާދާ (ނުޒޫ) އެވެ. އަދި ސަޕޯޓިން ރޯލަކުން ފިރިހެން އާ ތަރިއެއް ފެނިގެންދާނެ އެވެ.

ހިންދީ ރާގަކަށް ހަދާފައިވާ އެ ލަވަ ކިޔާފައިވަނީ މުހައްމަދު ރިއްފަތު އެވެ. ލަވަ އެޑިޓްކޮށް ޑައިރެކްޓް ކުރީ ޒިޔާ އެވެ. ލަވައިގެ ފުރަތަމަ ޓްރޭލާ މިހާރު ވަނީ ދޫކޮށްލާފަ އެވެ. ސިނެމެޓޮގްރަފީ ހަދާފައިވަނީ މަނިކް އާޓްސް އިންނެެވެ.

ދެ އަހަރު ފަހުން ޒިޔާ ހަދާ އެ ލަވައިގައި ތަޖުރިބާ ގިނަ ތަރިން ނުފެނު ނަމަވެސް ލަވައިގެ ފެންވަރު ރަނގަޅުވެފައި އެކްޓިން ރަނގަޅުވާނެ ކަމަށް ޒިޔާ ބުންޏެވެ.

އެ ލަވަ މި ހަފްތާފެ ތެރޭގައި ޓީވީ ޗެނަލްތަކުން ދައްކާނެ އެެވެ.