ވިޔަފާރި

އެސްބީއައި އިން ޑޮލަރު ނަގާ ފައިސާ ޖަމާކުރާ އޭޓީއެމް ބަހައްޓައިފި

ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) އިން ޑޮލަރު ނަގާ އޭޓީއެމްއަކާއި ފައިސާ ޖަމާކުރާ އޭޓީއެމްއެއްގެ ހިދުމަތް މިއަދު ފަށައިފި އެވެ.

ބޮޑު ތަކުރުފާނު މަގުގައި ހުންނަ އެސްބީއައިއާ އިންވެގެން ހުޅުވި ދެ އޭޓީއެމް ހުޅުއްވައި ދެއްވީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް އެވެ.

ރާއްޖޭގައި އެންމެ ކުރިން ހިދުމަތް ދޭން ފެށި އެ ބޭންކުން ތައާރަފުކުރި ދެ އޭޓީއެމްގެ ތެރޭގައި ހިމެނެނީ ޑޮލަރު ޖަމާކޮށް ނަގާ އޭޓީއެމްއެއްގެ އިތުރުން ފައިސާ ޖަމާކޮށް ނަގާ އޭޓީއެމް އެވެ. މިގޮތުން އޭސްބީއައި އިން ބެހެއްޓި ޑޮލަރު އޭޓީއެމްއިން ދުވާލަކު 1،000 ޑޮލަރު ނެގެ އެވެ.

އެސްބީއައި އިން ވަނީ މިދިޔަ ފައިނޭންޝަލް އެކްސްޕޯގައި މޮބައިލް ބޭންކިންގެ ހިދުމަތް ވެސް ފަށާފަ އެވެ.

ރާއްޖޭގެ މާލީ ދާއިރާ އަށް ގިނަ ހިދުމަތް ތަކެއް ދެމުންގެންދާ އެސްބީއައިން ރާއްޖޭގައި ހިދުމަތް ފެށީ 1974 ވަނަ އަހަރު އެވެ. ފުރަތަމަ ހިދުމަތް ފެށީ ހަ މުވައްޒަފުންނާއެކުގަ އޭރު ބޭންކުގެ ރައުސުލްމާލަކީ 100،000ރ. އެވެ.