ހަބަރު

ވެލި ބަރުކޮށްގެން ދިޔަ ދޯންޏެއް އަޑިޔަށް ގޮއްސި

ވެލި ބަރުކޮށްގެން ދަތުރު ކުރި ދޯންޏެއް ތ. ތިމަރަފުށީ ނެރު ކައިރިޔަށް އަޑިޔަށް ގޮއްސި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެ ދޯނި އަޑިޔަށް ދިޔަ ކަން ރިޕޯޓުކޮށްފައި ވަނީ މިއަދު 11:00 އިރު ކަމަށާއި އެ ދޯނީގައި ތިބި ތިން މީހުން ސަލާމަތްކޮށް ތިމަރަފުށީގައި ތިބި އިރު އެ މީހުންގެހާލު ރަނގަޅު ކަމަށެވެ. އަދި ދޯނީ އަޑިއަށް ދިޔަ އެ ސަރަހައްދުގައި ކޯސްޓް ގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ތިމަރަފުށީ ނެރު ކައިރިޔަށް އަޑިޔަށް ދިޔައީ "ދޯދި" ނަމަކަށް ކިޔާ 35 ފޫޓުގެ ދޯންޏެކެވެ.