ލައިފްސްޓައިލް

ރިވައިވް ފިޓްނެސް: ބިޒީ އަންހެނުން ފިޓްކޮށްލާނެ!

މާލޭގެ ބުރަ ދިރިއުޅުމުގެ ސަބަބުން ގައިގައި އަށަގަންނަ ކެއުމުގެ ނުރަނގަޅު އާދަ އާއި، ސްޓްރެސް އަދި ޓެންޝަން އިން ދުރުވާން ކޮންމެ "ފަންޑިތަ" އެއް ހެދި ނަމަވެސް ނިމޭނީ ޖިމް އާ ހިސާބުންނެވެ. އެންމެ ހެޔޮ ބަދަލެއް ލިބި މީހާ ދުޅަހެޔޮވެވެނީ ޖިމަށް ގޮސްގެން ކަމަށްވާތީ އެވެ. އެހެން ނަމަވެސް ބައެއް ފަހަރު ޖިމަށް ދާން މީހުން ފަސް ޖެހެ އެވެ. ހާއްސަކޮށް އަންހެނުންނެވެ.

އެކަމުގައި ގިނަ އަންހެނުންގެ ރައުޔަކީ ހަމަޖެހިލައިގެން އެފަދަ ތަނަކަށް ދާނެ ވަގުތެއް ނެތުމެވެ. އެއަށްވުރެ ދިރިއުޅުން ބިޒީ ވުމެވެ. ނޫނީ ފިރިހެނުންނާ އެއް ޖިމަކަށް ދާން ބޭނުން ނުވުމެވެ. "ބޭ" އާ އެކީ ޖިމަށް ދިއުމަށްވުރެ އެކުގައި އުޅޭ އަންހެން ގްރޫޕާ އެކީގަިއ ޖިމަށް ދިޔައީމަ މާ ހިންހަމަ ޖެހޭތީ އެވެ. އެކަމަކު ބައެއް އަންހެން ކުދިންނަކީ ވަރަށް ލަދުރަކި ބައެކެވެ. ފިރިހެނުން ދާ ޖިމަކަށް ދާން ބޭނުން ނުވުމެވެ.

އެހެން ނަމަވެސް އެޔަކީ މިހާރު "އެކްސްކިއުޒް" އެއް ނޫނެވެ. ރިވައިވް ފިޓްނެސް ސެންޓަރަކީ އަންހެނުންނަށް ހާއްސަ ޖިމެކެވެ. އިންސްޓްރަކްޓަރުންގެ ގޮތުގައިވެސް މަސައްކަތް ކުރަނީ އަންހެނުންނެވެ. ހަވީރު ހަތަރަކުން ރޭގަނޑު 10 އަށް ސެޝަންތައް ކުރިއަށް ދާނެ އެވެ. ހެނދުނު 8:15 އިން 9:15 އަށްވެސް ސެޝަން އެއް އިންނާނެ އެވެ. ކޮންމެ ސެޝަނަކީ އެއް ގަޑިއިރެވެ. ބޭނުން ކޮންމެ ގަޑިއަކަށް ރަޖިސްޓާވެ ޖިމަށް ނައްޓާލަންވީ އެވެ.

މިހާރުވެސް ކާޑިއޯ، ބޮޑީ ޕަމްޕް، ބޮޑީ އެޓޭކް، ޒުމްބާ، ސްޓްރޯންގް ބައި ޒުމްބާ، ޔޯގާ މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ހިކެން ބޭނުން ވިޔަސް، މިހާރަށްވުރެ ބަރުދަން އިތުރު ކުރަން ބޭނުން ވިޔަސް ދާން އެންމެ ރަނގަޅު ޖިމް އެކެވެ. އެ ސެެޝަންތަކުގައި މާބަނޑު މީހުންނަށްވެސް ބައިވެރިވެވޭނެ އެވެ.

ކޮންމެ ސެޝަން އެއްގައިވެސް ބައިވެރިންގެ އަދަދު އުޅޭނީ 20 އާ 30 އާ ދެމެދުގަ އެވެ. ދިހަ މީހުންގެ ގްރޫޕެއް ހަދައި އެކުގައި ރަޖިސްޓްރީ ވުމުން ސްޕެޝަލް ކްލާހެއްގެ ގޮތުގައި އެ ކްލާސް ރަޖިސްޓްރީ ކޮށްދީ އެހެން ސެޝަންތަކާއި ވަކިން ނަގައިދޭނެ އެވެ. އެ ކްލާސްތައް ނަގައިދެނީ ހެނދުނު ނުވަޔަކުން ހަވީރު ތިނަކާއި ހަމަ އަށެވެ.

ރިވައިވްގެ އެންމެ ހާއްސަ ކަމަކީ އެޔެއް ނޫނެވެ. އެންމެ ފެންވަރު ރަނގަޅަށް އެތަނުން ފެންވެރުމުގެ ހިދުމަތް އަދި ނަމާދު ކުރަން ހާއްސަ ސައުންޑް ޕްރޫފް ނަމާދު ކޮޓަރިއެއް އެބަހުއްޓެވެ. ނަމާދު ވަގުތު ޖެހުމުން ނަމާދުކޮށްލަން ވެސް ފަސޭހަ އެވެ. އޮފީސް ބްރޭކް ގަޑީގައި ޖިމަށް ނައްޓާލާށެވެ. ގެއަަށް ނުގޮސް ފެންވަރާލާ ފްރެޝް ވެލައިގެން އަނބުރާ އޮފީހަށް ދާންވީ އެވެ. އެންމެ ފެންވަރު ރަނގަޅު ލޮކާ ސިސްޓަމާއެކު އެތަނުގައި ބަހައްޓާ ފޯނު ފަދަ ތަކެތި ވަރަށް ރައްކާތެރި އެވެ. އެކަމަށް ވަކި ހާއްސަ ފީއެއް ނުނަގަ އެވެ. ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރާ އަންހެނުންނަށްވެސް ފުރުސަތު އެބަ އޮތެވެ.

މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ އިތުރުން މެދުކަނޑާލާފައި އޮތް ކިޑްސް ޒުމްބާވެސް ވަރަށް އަވަހަށް ފަށާނެ އެވެ. ހެނދުނު ގަޑީގެ އިތުރު ސެޝަން ތަކަކާއި، ޖައްވުގެ ވައި ލިބޭ ހިސާބުގައި ކަސްރަތު ކުރަން ބޭނުންވާ ފަރާތްތަކަށް އައުޓް ދޯ ސެޝަންތަކަކަށްވެސް ރިވައިވް އިން ދަނީ ތައްޔާރުވަމުންނެވެ.

ރިވައިވްގެ ކަސްރަތު ސެޝަންތައް މިއުޒިކާ އެކު އަދި މިއުޒިކާ ނުލާ ބޭނުންވާ ފަރާތްތަަކަށް އެ ފުރުސަތުވެސް އެބަ އޮތެވެ. ހަވީރު ހަތަރަކުން ފަހަކަށް އޮންނަ ސެޝަން ނުވަތަ ކްލާހުގައި މިއުޒިކް ބޭނުމެއް ނުކުރާނެ އެވެ.

އަނެއްކޮޅުން ރިވައިވް ފިޓްނެސް ސެންޓަރުގައި އަގުތަކަށް ބަލާއިރު އެހާ ބޮޑެއްވެސް ނޫނެވެ. ޕްރޮގްރާމްތަކުގެ އަގުތައް އުޅެނީ 650 ރުފިޔާ އިން 1،050 އާ ދެމެދުގަ އެވެ. އުމުުރުން 12 އަހަރުން މަތީގެ ކޮންމެ ކުއްޖަކަށް މީހަކަށްވެސް ބައިވެރިވެވޭނެ އެވެ. ސްކޫލް ބަންދުތަކުގައި ފުރާވަރުގެ ކުދިންނަށް ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދެ އެވެ.

ޑައިޓް ޕްލޭން ފަދަ ނިއުޓްރިޝަނެސްޓެއްގެ އެހީ މިހާތަނަށް ނުދިން ނަމަވެސް ކުރިއަށް ތަނުގައި އެފަދަ ހިދުމަތްތައް ދޭން ފަށާނެ އެވެ. މިހާރުވެސް ޑިޓޮކްސް ބޭނުންވާ ފަރާތްތަކަށް ޑިޓޮކްސް ފޯރުކޮށްދެ އެވެ. ޑިޓޮކްސް ފްރުޓް ޕްލެޓާ އާއި ސިއްހަތަށް ފައިދާހުރި ޑިޝްތައް ކުރިއަށް އޮތްތަނުގައި ލިބެން ހުންނާނެ އެވެ.

ރިވައިވް ފިޓްނެސް ސެންޓަރާއި ގުޅި ސެޝަންތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމް ފުރުމުގެ އިތުރުން ކްލާސް އޮންނަ ގަޑީގައި އައިސް ނަން ނޯޓު ކޮށްލައިގެންވެސް ބައިވެރިވެވޭނެ އެވެ. ބައިވެރިވާން ވެސް ވަރަށް ފަސޭހަ އެވެ. ރިވައިވްގެ ޕްރޮގްރާމްތަކާއި ބެހޭގޮތުން އިތުރު މައުލޫމާތު ރިވައިވްގެ ފޭސްބުކް ޕޭޖް ރިވައިވް ފިޓްނެސް އެމްވީ ނުވަތަ ހޮޓްލައިން 7997277 އިން ލިބޭނެ އެވެ.