އައްޑޫ ސިޓީގެ ހިތަދޫގެ މަގެއްގައި ޕާކުކޮށްފައި އޮތް ދެ ކާރެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔާ ސްޓޭޝަނުގެ ސިފައިން ނިއްވާލައިފި އެވެ.
ރޭ ދަންވަރު، 3:50 އެހާކަންހާއިރު ހިނގި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔާ ސްޓޭޝަނަށް ލިބުމާ ގުޅިގެން، ސިފައިން ހަރަކާތްތެރިވެ ރޯވެފައިވާ އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާއިރު، ދެ ކާރުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.