ލައިފްސްޓައިލް

މިސްޓަ މޯލްޑިވްސްގެ އެންޓަޓެއިންމަންޓް ޕާޓްނަރަކަށް ރަސްމަޓާސް

ބޭޑްލެބް މިސްޓަ މޯލްޑިވްސްގެ އެންޓަޓެއިމަންޓް ޕާޓްނަރަކަށް 1438 ބޮޑުބެރު ގްރޫޕުގެ ޑާންސް ގްރޫޕް، "ރަސްމަޓާސް" ހަމަޖައްސައިފި އެވެ.

މިސްޓަ މޯލްޑިވްސް ބާއްވާ، ޗޮޕާޓުގެ ޑައިރެކްޓާ މިހުސޯ އަބްދުއްސައްތާރު (މިހުސޯ) ވިދާޅުވީ ރަސްމަޓާސް ޑާންސް ގްރޫޕަށް ފުރުސަތު ދިނީ އަބަދުވެސް އަލަށް ކުރިއަރަމުން އަންނަ ޒުވާނުން ނަށް ފުރުސަތު ދޭން އެ ކުންފުނިން ބޭނުންވާތީ ކަމަށެވެ.

"ޒުވާނުންނަށް ފުރުސަތު ދިނުމަކީ ޗޮޕާޓުން އަބަދުވެސް ބޭނުންވާ ކަމެއް. އެއްވެސް ހުނަރެއް ދައްކާލަން ބޭނުންނަމަ އެ ފުރުސަތު އަބަދު ވެސް ލިބޭނެ،" މިހުސޯ ވިދާޅުވި އެވެ.

ސާދަ ތިރީސް އަށެއް ބޮޑުބެރު ގްރޫޕްގެ މެނޭޖަރު މުހައްމަދު ސައިފް ޒާހިރު ޒުވާން 12 ކުދިން ހިމެނޭ ގްރޫޕަށް ލިބުނު މި ފުރުސަތަކީ ފާހަގަ ކޮށްލެވޭ ކަމެއް ކަމަށެވެ.

"ސާދަ ތިރީސް އަށެގައި ހިމެނޭ ޑާންސް ގްރޫޕު ރަސްމަޓާސްއަކީ. ގްރޫޕް އުފެދުނީއްސުރެން ފެށިގެން ގިނަ ފުރުސަތު ތަކެއް ދަނީ ލިބެމުން،" ސައިފް ބުންޏެވެ.

ރަޒްމަޓާޒް މިހާތަނަށް ޕާފޯމް ކޮށްފައިވާ ބޮޑެތި އިވެންޓުގެ ތެރޭގައި މަޓާޓޯގެ އިވެންޓަކާއި އެފްއޭއެމްގެ އިވެންޓެއް ހިމެނެ އެވެ. މީގެ އިތުރުން މާދަމާ ރޭ އޮންނަ މަޓާޓޯގެ އިވެންޓެއްގައި މި ގްރޫޕުގެ ހުށަހެޅުންތައް ފެންނާނެ އެވެ.

ބޮޑީ ބިލްޑިންގައި ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި މުބާރާތް އޮންނާނީ އަންނަ މަހު އެވެ. މި މުބާރާތުގައި ދެ ބައެއް އޮންނާނެ އެވެ. މީގެތެރޭގައި ހިމެނެނީ ބޮޑީ ބިލްޑިން ކެޓަގަރީއަކާއި ފިސީކް ކެޓަގަރީ އެވެ. އެގޮތުން "ބޮޑީ ބިލްޑިން ކެޓަގަރީ"ގެ އެއްވަނައަށް 50،000ރ. ގެ ފައިސާގެ އިނާމެއް ދޭނެ އެވެ. އަދި "ފިސީކް ކެޓަގަރީ" ގެ އެއްވަނައަށްދާ މީހަކަށް 30،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.