ހަބަރު

މުދަލާއެކު ދޯންޏެއް ފަރަށް އަރައިފި

Jul 13, 2017

މުދަލާއެކު މާލެއިން އައްޑު އަށް ދަތުރު ކުރަމުން ދިޔަ ދޯންޏެއް ވ. އަތޮޅު އަލިމަތާ ރިސޯޓް ކައިރިން ގިރިއަކަށް އަރައިފި އެވެ. އެމްއެންޑީއެފް އިން ބުނީ ރޭ މެންދަމު 3:30 ގައި އެ ހާދިސާގެ ހަބަރު ލިބުމާއެކު ޑައިވިންޓީމަކާ އެކު ގޮސް ކޯސްޓުގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އައިލެންޑް އެކްސްޕްރެސްގެ "ބެޔާންޑާ 5" ، ދޯންޏްކީ 90 ފޫޓުގެ ދޯންޏެކެވެ. އެ ދޯނި ފަރަށް އެރި އިރު ދިވެއްސަކާއި 11 ބިދޭސީން ތިއްބެވެ. ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.