އަލަށް ކައިވެނިކުރަން އުޅޭ ދެމަފިރިއެއް ނަމަ އެންމެ ފޯރީގައި ކުރާ އެއް ކަމަކީ ކައިވެންޏަށްފަހު ހަނީމޫން އަށް ދާނެ ތަނެއް ކަނޑައަޅުމެވެ. ގިނަ ބަޔަކު ބޭނުންވަނީ ލޯބިން ފުރިގެންވީ ލޯބިވެތި ހަނދާންތަކެއް ރައްކާކުރެވޭ ކަހަލަ ރޮމޭންޓިކް ތަނަކަށް ދާށެވެ. އުފަލާ ހިތްހަމަ ޖެހުމާއެކު ކައިވެނީގެ ޒިންމާތަކާއި ހަވާލުވާށެވެ. މި މީހުންނަށް އެންމެ ރަނގަޅު ހިޔާލެއް ދެން ހެއްޔެވެ؟
މާގިނަ ވިސްނުންތަކަކަށް ނުގޮސް އެންމެ ފުރަތަމަވެސް ބަރޮސް މޯލްޑިވްސް ހިޔާރު ކުރާށެވެ. އެއަށްވުރެ ރޮމޭންޓިކް އަދި އެންމެ ހިތްގައިމުކޮށް ހަނީމޫން ހޭދަކުރެވޭނެ އެވެ. ލަކުޑިން ހަދާފައިވާ 30 ވިލާ ހުރި، މި ފުރިހަމަ ރިސޯޓަކީ ފަހަރުގައި ދުނިޔޭގައި އޮތް އެންމެ ފުރިހަމަ ރިސޯޓަށް ވެސް ވެދާނެ އެވެ.
މިއީ ހަމައެކަނީ ބުނެލާ ވާހަކައެއް ނޫނެވެ. ނިކަން ރީތި އަދި ލޯބި ހެއްކެއް ދައްކާލަން ހެއްޔެވެ؟ ޖަރުމަނަށް ނިސްބަތްވާ ދެމަފިރިން ކަމަށްވާ އާނިއާ އަދި މެންފްރެޑް 55 ވަނަ ފަހަރަށް ރާއްޖެ އައިސް ބަރޮސް މޯލްޑިވްސްގައި ޗުއްޓީ ހޭދަކޮށްފި އެވެ. ކޮންމެ ފަހަރަކުވެސް ޗުއްޓީއަށް ދިޔައީ އެ ރިސޯޓަށެވެ. އެންމެ ގިނަ ފަހަރު އެއް ރިސޯޓަކަށް އައި ޖޯޑުގެ އެންމެ ކުރީ ސަފުގައި ތިބީ މިދެމަފިރިންނެވެ.
މި މީހުން އެންމެ ފުރަތަމަ ރާއްޖެ އައިސް ބަރޮސް މޯލްޑިވްސްގައި ޗުއްޓީ ހޭދަކޮށްފައިވަނީ 1984 ވަނަ އަހަރެވެ. އެފަހުން ދަރިންނާ، ކާފަ މާމަ ދަރިން ގޮވައިގެން ބަރޮސް އަށް އައިސްފި އެވެ.
މެންފްރެޑް އަދި އާނިއާގެ ލޯބީގެ ބިންގާ އެޅިގެން ދިޔައީ އެންމެ ފުރަތަމަ ރާއްޖެ އައިސް ބަރޮސްގައި ޗުއްޓީ ހޭދަކުރި އެވެ. އެ ލޯބި ހެދިގަނެ ފޯދިގެން އައިސް 2009 ވަނަ އަހަރާއި ހަމައަށް ކޮންމެ އަހަރެއްގައި ދެފަހަރު އެދެމަފިރިން ވަނީ ބަރޮސް އައިސް ޗުއްޓީ ހޭދަކޮށްފަ އެވެ. ޗުއްޓީއަށް އެދެމަފިރިން އައި 49 ވަނަ ފަހަރު ރިސޯޓުންވެސް ވަނީ އެކަން ފާހަގަކޮށް އެދެމަފިރިންގެ 50 ވަނަ ދަތުރަށް ދައުވަތު ދީފަ އެވެ. އެހާވަރަށް ރާއްޖެ އާދެވުނުކުން އެދެމަފިރިންނަށް އިހުސާސް ކުރެވުނީވެސް އެދުވަހު އެވެ.
އެހާ ގިނަ ދުވަހު އެއް ތަނަކަށް އަންނާނީ ގައިމުވެސް ހާއްސަ ކަންތައްތަކެއް ހުރީމައެއް ނޫން ހެއްޔެވެ؟
"ބަރޮސް މޯލްޑިވްސް އަކީ ވަރަށް ރީތި ތަނެއް. މިދިޔަ އަހަރުތަކުގައި އަހަރުމެންނަށް މި ރިސޯޓު ވަރަށް ރަނގަޅަށް ފެނިއްޖެ، މިތަނުގެ މުވައްޒަފުންގެ އުމުރުން ދުވަސްވެ އަދި އަހަރުމެންނާ ވަނީ ގާތް ގުޅުމެއް އުފެދިފައި، އަހަރުމެންގެ ދިރިއުޅުމުގައި މުހިންމު ބައެއް އެއީ. އަހަރުމެންނާއެކު ޗުއްޓީއަށް ދަރިންނާއި މާމަ ދަރިންވެސް އަތުވެއްޖެ،"
"އެންމެ ފުރަތަމަ އަހަރުމެން ބަރޮސް އަށް އައީ ޅައިރު. އޭރު ބޭނުންވަނީ އެޑްވެންޗާ ކުރަން. މިހާރު ބޭނުންވަނީ ބަރޮސްގެ ހިތްގައިމު ބީޗު އަދި ލައިމް ރެސްޓޯރެންޓްގައި ހުންނަ ޕޫލްތަކަށް އެރިލާ މީހާ ރިލެކްސް ވެލަން. އަހަރުމެންގެ 56 ވަނަ ދަތުރު މިހާރުވެސް ޕްލޭން ކުރަން ފަށައިފިން،" ޖަރުމަނުގެ އެ ދެމަފިރިން ބުނެފައިވެ އެވެ.
ބަރޮސް މޯލްޑިވްސް އިން ބުނީ އެރިސޯޓަށް ޗުއްޓީ ހޭދަކޮށްލަންދާ މީހުންގެ 30 ޕަސަންޓް މީހުން އެއް ފަހަރަށްވުރެ ގިނަ ފަހަރު ރިސޯޓަށް އައިސް ޗުއްޓީ ހޭދަކުރަމުންދާ ކަމަށެވެ.
އެހެންވީމަ ބަރޮސް މޯލްޑިވްސް އަށްވުރެ ރޮމޭންޓިކް ރިސޯޓެއް އެބައޮތް ހެއްޔެވެ؟ އެ ރިސޯޓު އޮންނަނީ މާލެ އާ މާ ދުރަކުވެސް ނޫނެވެ. ދެން ޗުއްޓީއަކަށް ދާންވަނީ ބަރޮސް މޯލްޑިވްސް އަށެވެ.