ލައިފްސްޓައިލް

ޕީސީ އުފަން ދުވަހު މިފަހަރު އެންމެނަށްވެސް ކޭކު ފޮނުވޭނެ

ޕްރިޔަންކާ ޗޯޕްޅާގެ ނަމްބާ ވަން ފޭން ސުނީތާއަކީ ޕީސީގެ އުފަންދުވަހު އެންމެ ހާއްސަ ހަދިޔާ ދޭ އެއް ފަރާތެވެ. ދެގޮތެއް ނެތި ކޮންމެ އަހަރަކުވެސް ހާއްސަ ހަދިޔާއެއް ދެ އެވެ. ތަފާތު ތަކަކާއެކީގަ އެވެ. މިއަހަރުވެސް ސުނީތާ މިވަނީ ވަރަށް ތަފާތުކޮށްލާފަ އެވެ.

ޕީސީގެ އުފަންދުވަހަށް ކޭކު އަޅައިދޭނެ މީހުން ހޯދަން ސުނީ މިވަނީ ފޭސްބުކް ޕޯސްޓެއްގައި އެދިފަ އެވެ. އެއާއެކު ސުނީގެ ހަގީގީ ފޭނުންނާއި ފޭނުން ކަމަށް ހެދިގެން ދެއްކޭ މީހުން އަދި ފާޅުގައި ސުނީއަށް މަލާމަތް ކުރާ މީހުން ކެކިގަނެގެން އެރި އެވެ. އެކަކު އަނެކަކަށް ޓެގުކޮށް ނިކަން ފޯރި އަރުވާލި އެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ އެއީ ސުނީ ސީރިއަސްކޮށް ޖެހި ޕޯސްޓެއް ނޫނެވެ. ސުނީގެ ފަރާތުން ވަރަށް ހާއްސަ ކޭކެއް މިއަހަރުވެސް ޕީސީއަށް ދޭނެ އެވެ.

އެކަމަކު ސުނީގެ އިތުރުންވެސް ޕީސީގެ ހަގީގީ ފޭނުން ރާއްޖޭގައި އެބައުޅެ އެވެ. ޕީސީއަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔާލާ ކޭކު ހަދިޔާ ކުރަން ބޭނުން މީހުންނަށް ސުނީ މިވަނީ އެފުރުސަތު ހުޅުވާލަ ދީފަ އެވެ.

"ގިނަ ބަޔަކު އަޅުަގަނޑަށް ރިކުއެސްޓްކުރި ޕީސީއަށް ކޭކު ފޮނުވަން ބޭނުންވަން ވެގެން. އެހެންވެ އަޅުގަނޑު މި އެދެނީ ކޭކު ފޮނުވަން ބޭނުން ފޮނުވަން އެންމެން ކޭކު އަޅާފައި އަޅުގަނޑަށް ފޮޓޯ ފޮނުވައިދެންވީ. ބައިވަރު ކޭކު ބޭނުން. ނަން ޖަހަން ބޭނުން ކުދިން ނަން ޖަހާފައި ވިޔަސް ފޮނުވަންވީ،" ސުނީގެ ޕްލޭން ކިޔައިދިނެވެ.

"އަޅުގަނޑަސް ލިބޭ ފޮޓޯތައް އެފްބީ ޕޭޖުގައި ޕޯސްޓު ކުރާނަން. ޕީސީ ބަލާނެ އަޅުގަނޑުގެ ޕޭޖު. އެހެންވީމަ ހުރިހާ ކުދިންގެ ތަހުނިޔާ ކިޔާފައި ފޮނުވާފައި ހުރި ކޭކުތައް ޕީސީއަށް ފެންނާނެ"

އަޅެ "ސްވީޓެއް" ނޫން ހެއްޔެވެ؟ އެހެންވީމަ މިވަރުގެ ތެދުވެރި ލޯތްބެއް އެބައޮތް ހެއްޔެވެ؟ ޕްރިޔަންކާގެ 35 ވަނަ އުފަން ދުވަސް ކައިރިވެގެން އައި އިރު ސުނީ މިއޮތީ މި ފަހަރުވެސް ލަވައެއް ތައްޔާރުކުރި އެވެ.

ހިތް ދީވާނާ ހަތެއްގެ ޕްރޮމޯޝަނަލް ލަވައެއްގަ ދޫކޮށްލާ އެ ލަވަގެ ނަން ވަރަށް ހާއްސަ އެވެ. "ޕީސީ އިޒް މައި ނޭމް" ނުވަތަ " އަހަރެންގެ ނަމަކީ ޕީސީ" އެވެ. އެހެންވީމަ ހާއްސަ އެއް ނޫން ހެއްޔެވެ؟ އަންނަ ހަފްތާގެ އަންގާރަ ދުވަހު އެ ލަވަ ރިލީޒް ކުރާނެ އެވެ. އެއީ ޕީސީގެ އުފަން ދުވަހެވެ. މިހާރު ޓްރެއިލާއެއް ނެރެފި އެވެ.

ހިތް ދީވާނާ ހަތެއް ނެރެނީވެސް ޕްރިޔަންކާއަށް ހާއްސަކޮށްގެންނެވެ. ހިތް ދީވާނާ ސިލްސިލާގެ ދަށުން އެންމެ ފަހުން ސުނީ ގެނެސްދީފައިވަނީ 2014 ވަނަ އަހަރު "ސުނީ ސްޕެޝަލް" ގެ ލަވަތަކެކެވެ. އެ ސިލްސިލާގެ ސީޑީއެއް ނެރެފައިވަނީ 2013 ވަނަ އަހަރެވެ.

ހިތް ދީވާނާ ހަތެއްގައި 10 ލަވައެއް ހިމެނެ އެވެ. މިހާރު ކުރިއަށް ދަނީ ލަވަތަކުގެ ރިކޯޑިންގެ މަސައްކަތެވެ.