ހަބަރު

ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި ހަ މީހަކަށް އަނިޔާވެއްޖެ

ފުވައްމުލަކު ސިޓީގައި ކާރު އެކްސިޑެންޓެއް ހިނގާ ހަ މީހަކަށް އެކިވަރުގެ އަނިޔާ ލިބިއްޖެ އެވެ.

މި އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން ބުނީ މިރޭ 8:23 އެހާކަންހާއިރު އެ ސިޓީގައި ދުއްވި ކާރެއް ރުކެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އެކްސިޑެންޓްގައި އަނިޔާވި މީހުނަށަށް އެ ސިޓީގެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށާއި އެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށެވެ.

އެ އެކްސިޑެންޓްގައި އަނިޔާވި އެކަކު ބުނީ އެކްސިޑެންޓް ހިނގީ ބާރަށް ދުއްވާފައި ދަަނިކޮށް ކާރުގެ ޓަޔަރު ފަޅައިގެން ގޮސް ކާރު ކޮންޓްރޯލް ނުވެގެން ކަމަށެވެ. އެ އެކްސިޑެންޓްވީ ފުވައްމުލަކުން މިހާރު ގެއްލިގެން ހޯދަމުންދާ މުހައްމަދު ޝާފިއު ހޯދަން ނުކުމެ އުޅުނު ބަޔަކު ދުއްވަމުން ދިޔަ ކާރެކެވެ.

"އަހަރުމެން ހިނގައިގަތީ ބޭބެ [ޝާފިއު] ތުނޑި ކައިރިން ފެނިގެން އެބައުޅެއޭ ކިޔަން ފެށުމުން ދެން ކާރަށް އަރާފަ އެމަޖެންސީ އަޅާފައި ވަރަށް ބާރަށް ދިޔައީ. ނަމަވެސް ޓަޔަރު ފަޅައިގެން ގޮސް ރުކުގައި ޖެހުނީ،" އެމީހާ ކިޔައިދިނެވެ.

މި އެކްސިޑެންޓްގައި ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.