އެކްސިޑެންޓް

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ފުވައްމުލަކު ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކާރެއްގެ ތެރޭގައި ދެ މީހަކު ތާށިވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގީ އެ ރަށުގައި ބާރަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގަހެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓާއެކު ކާރުގައި ތިބި ދެ މީހުނަށް ބޭރަށް ނުނުކުމެވި ކާރުގައި ތާށިވިޗއެވެ. އދި ކާރުގައި ތާށިވި އެ ދެ މީހުން ފަރުވާއަށް ގެންދިއުމަށް ގިނަ ވަގުތުތަކެއް ވަނީ ހޭދަވެފައި ވެއެވެ.

އޭގެ ތެރެއިން އެކަކު ވަނީ ހޮސްޕިޓަލަށް ގެެންދިޔަތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަރުވެފަ އެވެ. އަނެއް މީހާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. އެކްސިޑެންޓްގައި ޒަހަމްވުމާ ގުޅިގެން ފަރުވާ ދެނިކޮށް މަަރުވެފައި ވަނީ އާމިލް އަހުމަދު އާއި އަހުމަދު މުތީއު އެވެ.