ގެދޮރުގެ ދަތިކަން މާލޭގައި އިންތިހާ އެވެ. އަދި ކުއްޔަށް ލިބޭ ކޮޓަރީގެ ސައިޒު ކުޑަވުމަކީ އެންމެ ބޮޑު ޝަކުވާ އެވެ. ކޮޓަރި ކުޑަ ވުމުން އެނދާއި އަލަމާރި އަދި ސޯފާ ބަހައްޓާލަން ވެސް ޖާގައެއް ނޯވެ އެވެ. އެހެންވެ އެކަމަށް ހައްލު މި ގެނެސް ދެނީ މާލޭގައި ހުޅުވާފައިވާ "މެޓްރިކްސް ސްޕޭސް" ފިހާރައިންނެވެ.
ކުޑަ ޖާގައެއްގައި ބަހައްޓާލަން ހާއްސަކޮށް އުފައްދާފައިވާ މި ފަރުނީޗަރުގެ ތެރޭގައި އެނދާއި މޭޒު ފަދަ ގިނަ ތަކެތި ހިމެނެ އެވެ.
"މި ފަރުނީޗަރުތައް ހަދާފައިވަނީ ކިތަންމެ ކުޑަ ސްޕޭސް އެއްގައި އަރާމުކޮށް އުޅެވޭނެ ކަހަލަ ގޮތަކަށް. ސްޕޭސް ސޭވް ކުރަން މި ހުރިހާ އެއްޗެއް ވެސް ހުންނަނީ އުފައްދާފަ،" މެޓްރިކްސް ސްޕޭސްގެ އޮފިޝަލަކު ވިދާޅުވި އެވެ.
"މެޓްރިކްސް ސްޕޭސް" ފިހާރާގައި ލިބެން ހުރި ފަރުނީޗަރުތަކުގެ ތެރޭގައި އެނދަކާއި މޭޒެއް އަދި ސޯފާއެއް އެއްކޮށް ބޭނުންކޮށްލެވޭ ކަހަލަ މަލްޓި ފަންގްޝަނަލް ސިސްޓަމްތައް ހިމެނެ އެވެ. މި އުފެއްދުންތައް ތައްޔާރުކޮށްފައި ހުންނަނީ ބޭނުންކޮށް ނިމުމުން ފަތް ޖަހާލައި ނަގާލެވޭ ގޮތަށެވެ. މިގޮތަށް ނަގާލުމުން މުޅިތަނުގެ ޖާގަ ބޮޑުވެގެންދެ އެވެ.
މިތަނުގައި މިފަދަ ބޭނުންތެރި އެއްތައް ފަރުނީޗަރެއް ހުރެ އެވެ. މީގެ ތެރޭގައި ފާރުގައި ހަރުކުރާ އިސްތިބި މޭޒު ފަދަ ތަކެތި ވެސް ހިމެނެ އެވެ.
މެޓްރިކްސް ސްޕޭސްގައި ރާއްޖޭގައި ބޭނުންކުރާ ހުރިހާ ސައިޒެއްގެ އެނދެ ވެސް ވިއްކައެވެ. މީގެ އިތުރުން ބަންކު ބެޑުވެސް ބަހައްޓާގައިވެ އެވެ.
"މާލޭގައި މިވާގޮތަކީ ތަންކޮޅު ކުޑަވަނީ އެހެންވެ، ވަރަށް ދަތިވޭ ފަރުނީޗަރު ބަހައްޓަން. ހާއްސަކޮށް ރީތި ލަގްޒަރީ އެއްޗެއް. އެކަމަކު މެޓްރިކްސް ސްޕޭސްގައި މި ހުންނަ އެއްޗިހި ގެންގޮސްގެން މިގޮތަށް ސްޕޭސް ސަލާމަތް ކުރެވޭ،" އޮފިޝަލް ވިދާޅުވި އެވެ.
"މި ތަނުން މި ލިބޭ އެނދު ނިދަންވީމަ ތިރިކޮށްލަންވީ. އަދި ހޭލައިގެން ފޯލްޑްކޮށްލަންވީ."
ދެން އޮތް ސުވާލަކީ މި ފަރުނީޗަރު ބޭނުންކޮށްފައި ނަގައި ހެދުމުން ހަލާކުވާނެ ބާ އެވެ؟ ޗައިނާ އިން މުޅި ދުނިޔޭގެ އެކި ގައުމުތަކަށް ސަޕްލައިކުރާ މަގުބޫލު މި އުފެއްދުން ތައްޔާރުކޮށްފައި ހުންނަނީ މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެންނެވެ.
"ވަރަށް ގިނަ މީހުން ޕޮޒިޓިވްކޮށް އުޅެނީ. ބައެއް މީހުން ގެންދޭ. މި އެއްޗިހި ގެންގޮސް ރާވައި ދިނުމުގެ ހިދުމަތް ވެސް އަޅުގަނޑުމެން ދެން،" އޮފިޝަލް ވިދާޅުވި އެވެ.
މީގެ އަގު ބޮޑު ހެއްޔެވެ؟ މިއީ ވަރަށް ބޮޑު ސުވާލެކެވެ. މީގެ ޖަވާބަކީ މި އުފެއްދުމުގެ މޮޅުކަމަށް ބަލާނަމަ މިއީ ވަރަށް ފުރިހަމަ އެއްޗެކެވެ. ފަރުނީޗަރުގެ ވެސް ތަފާތު އަގުގެ އެއްޗިހި ބާޒާރުން ލިބެން ހުރެ އެވެ. މިގޮތަށް ބަލާއިރު "މެޓްރިކްސް ސްޕޭސް" ގެ ފަރުނީޗަރު ތައްޔާރުކޮށްފައި ހުންނަނީ އެކަށީގެންވާ އަގެއްގަ އެވެ.
"މީގެ މެޓީރިއަލް ވެސް ތަފާތު ވާނެ. މީގެ ކޮލިޓީ ތަފާތު ވާނެ. މިއީ މަލްޓި ފަންގްޝަނަލް އެއްޗިހި. އެހެންވެ އެހެން ތަކެއްޗާ ކޮމްޕެއާއެއް ނުކުރެވޭނެ. މި އެބަހުރޭ އެނދާއި ސޯފާ އަދި މޭޒު އެއްކޮށް. އެހެންވެ އަގު ހުންނާނީ،" އޮފިޝަލް ވިދާޅުވި އެވެ.