ލައިފްސްޓައިލް

ޝަލަބީގެ ވަރުގަދަ ރީތި އިސްތަށިގަނޑުގެ ސިއްރު މި އޮތީ

މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަން އިން އެންމެ ފުރަތަމަ ޝަލަބީ ފެނުނު ހިސާބުން ޝަލަބީގެ އިސްތަށިގަނޑު "ހެއާ ގޯލްސް" އަށް ވީ އަންހެން ކުދިން ނިކަން ގިނަ އެވެ. ފަން އެ ދިގު އިސްތަށިގަނޑު ނިކަން ރީތިވި އެވެ. މިހާރުވެސް ޝަލަބީގެ އިސްތަށިގަނޑު ނިކަން ކަމުދެ އެވެ. އިސްތަށިގަނޑު ދިގުކުރަނީ ކުރާ ހިތުންނެވެ. ރީތި ދިގު އިސްތަށިގަނޑެއް ގެންގުޅުމަކީ އޭނަ އަބަދުވެސް ބޭނުންވާ ކަމެކެެވެ.

ޝަލަބީގެ އިސްތަށިގަނޑު އެހާ ރީތިކޮށް ބާއްވަން އޭނަ ކިހާ ވަގުތެއް ހޭދަކުރޭ ހެއްޔެވެ؟ ހާއްސަ ޓްރީޓްމަންޓްތައް ނަގާ ވަކި ބްރޭންޑްތަކުގެ އުފެއްދުންތަކެއް ބޭނުން ކުރަނީ ހެއްޔެވެ؟ ތި ހީކުރާ ކަހަލަ ގޮތަކަށް އެއްވެސް ކަމެއް ނެތެވެ. އެކަމަކު އެ އިސްތަށިގަނޑަކީ އޭނަ މާ ހާއްސަ ސަމާލުކަމެއް ދީގެން ގެންގުޅޭ އެއްޗެއް ނޫނެވެ.

ހެއާ ޓްރީޓްމަންޓްތަކެއް ނުނަގަ އެވެ. ބްރޭންޑެޑް ޝޭމްޕޫތަކާއި ކޮންޑިޝަނާތަކެއް ބޭނުމެއް ނުކުރެ އެވެ. ހާއްސަ ކްރީމްތަކާއި ތެލެއް ބޭނުމެއް ނުކުރެ އެވެ. ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އިސްތަށިގަނޑަށް އެންމެ ރަނގަޅު ފަރުވާ އަކީ ކާށި ތެލެވެ. އެކަަމަކު ދުވަހަކުވެސް ޝަލަބީ ކާށި ތެޔޮ ބޭނުމެއް ނުކުރެ އެވެ.

އިސްތަށިގަނޑު ކޮށާ ފަހަރު ތަކުގައިވެސް ސެލޫންތަކަކަށް ނުދެ އެވެ. އާދައިގެ ބޯކޮށާ ތަނަކަށް ގޮސް ބޭނުންވާ ގޮތަކަށް ކޮށާލަނީ އެވެ. އޭނަ އަކީ ނިކަން އާދައިގެ ދިރިއުޅުމެއް އުޅޭ މީހެކެވެ. އައިޑޮލް އިން ލިބުނު މަޝްހޫރުކަމާއި ދިރިއުޅުމަށް އައި ބަދަލުންވެސް އޭނާގެ ހިތް އޮތީ ކުރިންވެސް އޮތް ހިސާބުގަ އެވެ. އެހެން ވީމަ މިއީ މާ ހައިރާންވާ ކަމެއް ނޫނެވެ.

ޝަލަބީގެ އިސްތަށިގަނޑުގެ ސިއްރު އަދިވެސް ނުބުނެވޭދޯ އެވެ. ހައިރާން ނުވައްޗެވެ. ޝަލަބީގެ ރީތި އިސްތަށިގަނޑުގެ ފަހަތުގައިވާ ސިއްރަކީ ފެން ވަރައިގެން އައިސް ރީއްޗަށް އިސްތަށިގަނޑު އެއްކޮށް ހިއްކުމެވެ. އެއީ ގިނަ މީހުންނަށް ފަރުވާ ކުޑަ ކުރެވޭ ކަމެކެވެ.

"އަސްލުވެސް ޝަލަބީ ނުކުރަން އެއްވެސް ކަމެއް. ހަމަ ގޭގައި ހުންނަ އާދައިގެ ޝޭމްޕޫ ބޭނުންކުރަނީ. ވަކި ކަހަލަ ކްރީމެއް އެކައްޗެއްވެސް ބޭނުމެއް ނުކުރަން. ފެން ވަރައިގެން އައިސް ހަމަ އެއްކޮށް ބޯ ހިއްކަނީ. އެއްކޮށް ބޯ ހިކެންދެން ޝަލަބީ ހުންނަން، އާންމުކޮށް ގިނަ މީހުންނަށް ވަރަށް ފަރުވާ ކުޑަކުރެވޭ ކަމެއް އެއީ،" ޝަލަބީގެ އިސްތަށިގަނޑުގެ ޝަލަބީ ބުނެދިނެވެ.

އެހެންވީމަ އިސްތަށިގަނޑު ރީތިކޮށް ބަހައްޓާ ރީތި އިސްތަށިގަނޑެއް ހޯދަން މާގިނަ ކަންތައްތަކެއް ކުރާކަށް ނުޖެހެއެއް ނޫން ހެއްޔެވެ؟ ކޮންމެ ދުވަހަކުވެސް ބޯ ދޮވުމަށްފަހު ރީތިކޮށް ފެން ހިއްކާލާފައި ބަހައްޓާށެވެ. އިތުރަށް ކްރީމްތަކާއި ތެޔޮތަކެއް ނުލިއަސް ރަނގަޅެވެ.

ޝަލަބީގެ ރީތި އިސްތަށިގަނޑު މިހާރު ތަންކޮޅެއް ކުރުކޮށްލައިފި އެވެ. ކޮނޑުގައި ޖެހޭ ނުޖެހެ ވަރަށްވުރެ ތަންކޮޅެއް ދިގުކޮށެވެ.