ތޯރިގު އިބްރާހިމް

އިދިކޮޅުން ބޭނުންވަނީ އިތުބާރު ގެއްލުވާލައި ތަރައްގީ ހުއްޓުވަން: ތޯރިގު

Jul 21, 2017
9
އެންވަޔަރަންމަންޓް މިނިސްޓާ ތޯރިގު އިބްރާހިމް: އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވި
0%
0%
0%

އިދިކޮޅު ފަރާތްތަކުން ބޭނުން ވަނީ ފަހަރަކު ބޭފުޅެއްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައިގެން ރައީސް އަބްދުﷲ ޔާމީނު ކުރިއަށް ގެންދަވާ ތަރައްގީގެ މަސައްކަތް ހުއްޓުވުމަކަށް ގެންދަން ކަމަށް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ. އޭނާ އެހެން ވިދާޅުވި އިރު އިދިކޮޅު ފަރާތްތަކުން މިހާރު ވެސް ވަނީ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިތުބާރު ނެތް ކަމަށް ބުނެ މައްސަލައެއް މަޖިލީހަށް ވައްދާފަ އެވެ.

ޗެނަލް 13 އިގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން އެނާޖީ މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މިނިސްޓަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތް ކުރަނީ ސަރުކާރުގެ ތަރައްގީގެ ދުވެލި މަޑުކުރުވައި ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ތަރައްގީގެ މަސައްކަތްތަކަށް ޖެއްސުން ކުރުމުގެ ނިޔަތުގައި ކަމަށާއި އެހެން ނަމަވެސް ދޭ އެ ގެއްލުންތަކަކީ ސަރުކާރަކަށް ލިބޭ ގެއްލުމެއް ނޫން ކަމަށެވެ. ގެއްލުންދީ ޖެއްސުންކުރެވެނީ ރައްޔިތުންނަށް ކަމަށެވެ.

"މިހާރު އެބޭފުޅުންނަށް [އިދިކޮޅު ފަރާތްތަކަށް] އެބަ އެނގޭ މިފަދަ ނޭދެވޭ ކަންތައްތައް ކޮށްގެންނޫނީ ރައީސް ޔާމީނުގެ ސަރުކާރާ އަރާ ހަމަނުކުރެވޭ ނެކަން. އެބޭފުޅުންގެ ސަރުކާރުގައި [ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި] ރައީސް ޔާމީނުގެ ވެރިކަމުގައި ކަންތައްތައް ކުރިއަށް ގެންދެވޭ މިންވަރަކަށް ކުރިއަކަށް ނުގެންދެވުނު." ތޯރިގު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ގޯނާ ކުރަން ނުކުތަސް ރައީސް ޔާމީން އިދިކޮޅުފަރާތްތަކާ ތަޅައި ފޮޅަން ބޭނުންފުޅުވެވަޑައި ނުގަންނަވާ ކަމަށާއި އެ މަނިކުފާނު ބޭނުންފުޅުވަނީ ރާއްޖެއަށް ތަރައްގީ ގެންނަން ކަމަށެވެ.

"ރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް ފެންނަނީ ރައްޔިތުންނަށް ބޭނުންވާ ގިނަ ކަންތައްތަކެއް ބާރު ސްޕީޑުގައި ކުރިއަށްދާތަން. އިދިކޮޅު ފަރާތްތައް ކުރަމުންދާ މަސައްކަތް ވަނީ ފަހުނޭވާއަށް އެޅިފައި. ފުރަތަމަ އުޅުނީ މަޖިލީހުގެ ރައީސް ގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން. މަސީހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމަށް އިދިކޮޅު ފަރާތްތަކުން މިހާތަނަށް ކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބުވެފައި. އެކަންތައް ކާމިޔާބު ނުވުމުން މިހާރު އެމީހުން މަސައްކަތް ކުރަމުން ދަނީ އެޓާނީ ޖެނެރަލްގެ އިތުބާރު ނެތްކަމުގެ ވޯޯޓަކަށް ދާން،"

9 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ވެކުސިން

އޭއި އޭއި އޭއި.. ނުބައި ނުބައި.. ތަރައްގީއާ ނޫން ގުޅުވަންޖެހޭނީ، ދީނާއި ގުޅުވީމަ ކަލޭމެން ގަބީލާ މީހުން އަވަހަށް ގަބޫލުކުރާނީ.

ނަޑެއްލާ

މަނިކުފާނެވެ. ކުށެއް ނުވަތަ ރައްޔިތުންގެ ފައިސާ ގައި މަނިކުފާނު ވެސް ޖެހިފައި ވާނަމަ ޤާނޫނުގެ ދިގުއަތް މަނިކުފާނާ އާއި ހަމަ އަށްވެސް ފޯރާނެ ދުވަސްވެސް އަންނާނެއެވެ.

ޒައި

ތި ތަރައްޤީއޭ ކިޔާަ އަނދުން އަޅުވައިގެން ފަލަ ސުރުހީ ހަދައިގެން ތިޔަކުޅޭ ކާޑެއް ނުހިނގާނެ ނިމިދިޔަ އިންތިހާބުގަވެސް ރައްޔިތުން ބަލައިނުގަނެ ފެއިލްވި ކާޑެއް ތި ޖަހަނީ އަނެއްކާވެސް.. ތިޔައީ މާލެ ތޮއްޖައްސާ ކުޅިގެ އަޅުން ގިނަކުރާ ކާޑު..

އަވަސް

ކޮން ތަރައްޤީއެކޭތި ކިޔަނީ ބުރޯ؟ ބެޑެލި ލޯނުނަގައި މުޅި ގައުމު ދަރުވައިގެން މާލޭގަ ހިންގާ ބިޔަ ޕްރޮޖެކްޓްތަކުގެ ވާހަކަތޯ؟ ރާއްޖެތެރޭގަ ވިއްޔާ ގުއި ހޮޅިއެއް ބަށި ކޯޓެއް އަޅާފަ ކަރަންޓާ ފެން ކާޑު އަގުބޮޑުކޮށްގެން އެބައި އަތުލާފަ ތަރައްޤީއޭ ކީމަ ތިތިބަ ކޯޑިނޭޓަރުން އެކަނި އެވާހަކަ އަޑުއަހާނި.. މިސަރުކާރުން އެޅި އެންމެ އެއަރޕޯޓެއް ފުލެޓެއް ދައްކަބަލަ.. ނޯންނާނެ 3 އަހަރުން 5 އެއަރޕޯޓްގެ މަސައްކަތްފަށާ ދެތަން ނިންމި ސަރުކާރެއްވެސް ދެކެފި ބޯހިޔާވަގިކަމަށް އެތަށް ފުލެޓެއް އަޅާފަ ބިކަމެތިންނަށް އަތްފޯރާފަށުގަ. ލަދުގަންނަން ޖެހޭނެ ތަރައްޤީއޭކިޔާ ސުރުހީ ހަދަން

މުންކޮ

އެއްވެސް އިތުބާރެއް ނުލިބޭ ދެން ކޮން ވާހަކައެއް ދައްކާކަށް

ތަރައްގުއި

ބަލަ ޔާމީނަށްވެސް ތިޔަދަނީ އޮޅުވާލަމުންނޭ މީނދަ ތަރައްޤީވެސް ނުދަންނަ ކޮއިފުޅާ. އެންމެ އަސާނީ ޚިދުމަތްތައް ހަމަޔަށް ފޯރުކޮށްދެވޭތޯ ބަލާބަލަ.

ކިޔާ

﴿40﴾ أَفَأَنتَ تُسْمِعُ الصُّمَّ أَوْ تَهْدِي الْعُمْيَ وَمَن كَانَ فِي ضَلَالٍ مُّبِينٍ ފަހެ، ބީރުބަޔަކަށް (حق ގެ) އަޑު ކަލޭގެފާނަށް އިއްވެވިދާނެތޯއެވެ؟ ނުވަތަ ކަނުބަޔަކަށް އަދި ފާޅުވެ بيان ވެގެންވާ އުރެދުމެއްގައިވާ ބަޔަކަށް މަގު ދެއްކެވިދާނެތޯއެވެ؟

ކުނިފުށި

ތިޔޮތީވާ ތަރައްގީއެއް، މީހަކު އެއްޗެކޭ ބުނާއިރަށް ތަރައްގީ! ތަރައްގީ! ބޮލާ ނުކުޅަދާނަ.

ދޮހޮއްކޮ

ތަރައްގުއީ..ތަރައްގީއެއްނޫން..

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345