ހަބަރު

އޭވިއޭޝަން ސެކިއުރިޓީގެ ތިޖޫރީ ވަގަށް ނަގައިފި

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ތިޖޫރީ ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީން ވައްކަންކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި ބަޔަކު ވަނީ ތިޖޫރީ ވަގަށް ނަގާފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުން ދާތީ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް އެއްވެސް ބަޔަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ތިޖޫރީގައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ސާފެއް ނުވެ އެވެ.

މި އަހަރު ތެރޭގައި ވެސް ތިޖޫރީ ފަޅާލުމާއި ވަގަށް ނެގުމުގެ ގިނަ މައްސަލަތަކެއް ފުލުހުން އަންނަނީ ބަލަމުންނެވެ.