ހަބަރު

އޭޑީކޭ އިން އެއްމާބަނޑު ހަތަރު ކުދިންނަށް ހިލޭ ޑްރައިޕާސް!

މިިދޔަ މަހުގެ 17 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލުގައި ވިހެއި އެއްމާބަނޑު ހަތަރު ކުދިންނަށް ހިލޭ ޑްރައިޕާސް ނެޕީ ފޯރުކޮށްދޭން އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ނިންމައިފި އެވެ.

އޭޑީކޭ އިން މިއަދު ބުނީ އެކުދިންނަށް އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޑްރައިޕާސް ނެޕީ ފޯރުކޮށްދޭނެ ކަމަށެވެ. އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކުދިންގެ ބައްޕަ އަހްމަދު އަޝްފާގު ވަނީ އޭޑީކޭ އަށް އެކުދިންގެ ފޮޓޯއެއް ހަދިޔާކޮށްފަ އެވެ. އެއީ ތިން އަންހެން ކުދިންނާއި ފިިރިހެން ކުއްޖެކެވެ.

އޭޑީކޭއިން ބުނީ އެކުދިންނަށް ނެޕީ ފޯރުކޮށްދޭން ނިންމީ އެއީ އޭޑީކޭ ހޮސްޕިޓަލުގައި އެއްމާބަނޑު ހަތަރު ކުދިން ވިހެއި ފުރަތަމަ ފަހަރަށްވެފައި އެ އުފަލުގައި ބައިވެރިވުމުގެ ގޮތުން ދޭ ހަދިޔާއެއް ދިނުމަށް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެކުދިން ވިއްސާފައިވަނީ ސިޒޭރިއަން ހަދައިގެންނެވެ.

އޭޑީކޭ އިން ވަނީ އެކުދިން ވިއްސުމަށް އޭޑީކޭއިން ޓީމެއް އެކުލަވާލާ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ.

ޑްރައިޕާސް ނެޕީ އަކީ ރާއްޖޭގެ ނެޕީ މާކެޓުގައި އެންމެ ނަން ހިނގާ އެއް ބްރޭންޑެވެ. އޭޑީކޭ ކުންފުނިން ޑްރައިޕާސް ނެޕީ ރާއްޖެ އެތެރެކޮށް ވިއްކަމުންދާތާ 15 އަހަރު ވެއްޖެ އެވެ.