ހަބަރު

ނަވާޒު ޝަރީފު މާދަމާ މާލެވަޑައި ގަންނަވާނެ

Jul 24, 2017
2

ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތު އީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ދައުވަތަށް ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒު ޝަރީފް، މާދަމާ ރާއްޖެ ވަޑައިގަންނަވާނެ އެވެ.

މާދަމާއިން ފެށިގެން ޖުލައި 27 ގެ ނިޔަލަށް ބޮޑު ވަޒީރު ނަވާޒު ޝަރީފު ކުރައްވާ ދަތުރުފުޅުގައި، ރައީސް ޔާމީނާއި ޕާކިސްތާނުގެ ބޮޑުވަޒީރާ ދެ ބޭފުޅުން ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. އަދި ރާއްޖެއާއި ޕާކިސްތާނާ ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުންތަކުގައި ސޮއި ކުރައްވާނެ އެވެ.

ރާއްޖެއާ ޕާކިސްތާނަކީ ޒަމާނުއްސުރެ ރަހުމަތްތެރިކަމުގެ ގުޅުންތައް ދަމަހައްޓައި، ދީނީ އަދި ސަގާފީގޮތުން މައިގަނޑު އެއްއުސޫލުތަކެއް ގަބޫލުކުރާ ދެ ގައުމެވެ.