ހަބަރު

އަމީތު އާއި ވައްޑޭ ދޫކޮށްލައިފި

މަޖިލީސް މެންބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ ތުލުސްްދޫދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) އާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ފުލުހުން ދާދި ދެންމެއަކު ދޫކޮށްލައިފި އެވެ. އެ ދެމެންބަރުން ހައްޔަރު ކުރީ މިއަދު މަޖިލީހުގެ ކައިރީގައި ހިނގި ކަންތައްތަކަށް ފަހު އެވެ.

ފުލުހުން ބުނީ ގޮނޑި ގެއްލިފައިވާ ކަމަށް މަޖިލީހުން ކަނޑައަޅާފައި ތިބި މެންބަރުން މަޖިލީހުގެ އިދާރާތެރެއަށް ވަނުމާ ގުޅިގެން އެ މެންބަރުން ނެރުމަށް ސިފައިން ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. އެގޮތުން އަމީތު އާއި ވައްޑޭ ހައްޔަރުކުރީ އެހެންވެގެން ކަމަށް ފުލުހުން ބުންޏެވެ.

ގޮނޑި ގެއްލުމުގެ ސަބަބުން ވައްޑޭ އާއި އަމީތު ހައްޔަރުކުރި އިރު ފުލުހުންނާއި ސިފައިން ވަނީ މަޖިލީހުގެ އިދާރާ ތެރެއަށް ވަދެ، އެހެން މެންބަރުންތައް ވެސް ގަދަކަމުން ނެރެފަ އެވެ. އަދި ހުރިހާ މެންބަރުން މަޖިލީސް ހިމެނޭ ސަރަހައްދުން ދުރައް ޖެއްސި އިރު އެކަމުގެ ތެރޭގައި ބައެއް މެންބަރުންނަށް ވަނީ އެކިވަރުގެ އަނިޔާތައްވެފަ އެވެ.