ހަބަރު

މިނިވަން ދުވަހުގެ ހިނގާލުން ހުޅުމާލެއަށް ބަދަލުކޮށްފި

Jul 25, 2017
2

މާދަމާ ފާހަގަ ކުރާ ރާއްޖޭގެ 52 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ސިފައިން ބާއްވާ ޝަރަފުގެ ހިނގާލުން ބާއްވާނީ ޖުލައި މަހުގެ 28 ވާ ހުކުރު ދުވަހު ހުޅުމާލޭގައި ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ( އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ޝަރަފުގެ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރު 16:30 ގައި ހުޅުމާލޭ ފިތުރޯނުމަގު އެމްޕީއެލް ސަރަހައްދުން ކަމަށެވެ. ހިނގައިލުން ކުރިއަށް ދާނީ އަސުރުމާ ހިނގުމުން، ނިރޮޅުމަގުން، ފިނިފެންމާ ހިނގުމުން، ފިތުރޯނުމަގު އެމްޕީއެލް ސަރަހައްދަށް ނިންމާ ގޮތަށެވެ.

ޝަރަފުގެ ހިނގާލުމުގައި ތިން ސަރަހައްދެއްގައި ލަޝްކަރު ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ފުރަތަމަ ހުއްޓޭނީ އަސުރުމާހިނގުމާއި ބޯގަންވިލާމަގު ގުޅޭ ކަންމަތީގައެވެ. ދެވަނައަށް ހުއްޓޭނީ ނިރޮޅުމަގާއި ފިނިފެންމާހިނގުން ގުޅޭ ހިސާބުގައެވެ. އަދި ތިންވަނައަށް ހުއްޓޭނީ ފިނިފެންމާހިނގުން، ހުޅުމާލޭ ސެންޓްރަލް ޕާރކް ސަރަހައްދުގައެވެ. ކޮންމެ ހުއްޓުމެއްގައިވެސް ސިފައިންގެ ބޭންޑްގައި ރާގުތައް ކުޅުމަށްވަނީ ހަމަޖެހިފައެވެ.