ވިޔަފާރި

އެސްޓީއޯ ހޯލްސޭލް ސެންޓަރު ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

އެސްޓީއޯ ހޯލްސޭލް ސެންޓަރުން 1، އެޕްރީލް އިން މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯގެ މައި ފިހާރަ 'އެސްޓީއޯ ސުޕަމާޓު' ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނަސީބުވެރިން ހޮވުމުގެ ގޮތުން ގުރުއަތު ނަގައި ދެއްވީ ޖެނެރަލް މެނޭޖަރު މުސްލިހު މަސީހު އާއި ސުޕަމާޓުގެ އެސިސްޑެންޓް މެނޭޖަރު އަހުމަދު ރަޝީދު އެވެ.

މި ޕްރޮމޯޝަންގައި ތިން އިނާމެއްގެ އިތުރުން އިތުރު 10 މީހަކު ނަގައި ކޮންމެ މީހަކަށް 5،000ރ. ގެ ގިފްޓް ވައުޗަރެއްވެސް ލިބޭނެ އެވެ. މި ޕްރޮމޯޝަނެއްގެ އެއްވަނައަށް އިނާމަކަށް ހުށަހަޅާފައިވާ ދުބާއީ ދަތުރު ލިބުނީ އަބްދުﷲ އެވެ. އަދި ދެވަނަ އިނާމަކަށް ހުށަހަޅާފައިވަނީ ތައިލެންޑުގެ ދަތުރު ލިބުނީ އިސްމާއިލް މިރުޝާލް އަށެވެ. އަދި ތިންވަނަ އިނާމަކަށް ހުށަހަޅާފައިވާ އިންޑޮނޭޝިޔާ ދަތުރު ލިބުނީ ޒީޝާން އަށެވެ.

އެސްޓީއޯ ހޯލްސޭލް ސެންޓަރަކީ އެސްޓީއޯއިން ވިއްކާ މުހިންމު ބާވަތްތައް ގަނޑުކޮށް ވިއްކަން ހާއްސަކޮށް ހުޅުވާފައިވާ ތަނެކެވެ. މިތަނުން އެތަށް ބްރޭންޑެއް ލިބެން ހުރެ އެވެ.