ހަބަރު

ޕާކިސްތާނު ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި

Jul 25, 2017
1

ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފު ދާދި ދެންމެ ރާއްޖެއަށް ވަޑައިގެންފި އެވެ.

ނަވާޒް ޝަރީފުގެ ދެކަނބަލުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމުގެ ދެކަނބަލުންނެވެ.

ނަވާޒު ޝަރީފު ރާއްޖެއަށް ވަޑައިގެންނެވީ ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވުމަަށް ރައީސް ޔާމީނު ދެއްވި ދައުވަތަކަށެވެ.

ޖުލައި 27 ގެ ނިޔަލަށް ބޮޑު ވަޒީރު ނަވާޒު ޝަރީފު ކުރައްވާ ދަތުރުފުޅުގައި، ރައީސް ޔާމީނާއި ޕާކިސްތާނުގެ ބޮޑުވަޒީރާ ދެ ބޭފުޅުން ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. އަދި ރާއްޖެއާއި ޕާކިސްތާނާ ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުންތަކުގައި ސޮއި ކުރައްވާނެ އެވެ.

ރާއްޖެއާ ޕާކިސްތާނަކީ ޒަމާނުއްސުރެ ރަހުމަތްތެރިކަމުގެ ގުޅުންތައް ދަމަހައްޓައި، ދީނީ އަދި ސަގާފީގޮތުން މައިގަނޑު އެއްއުސޫލުތަކެއް ގަބޫލުކުރާ ދެ ގައުމެވެ.