ވިޔަފާރި

މިނިވަން ދުވަހަށް ދިރާގުން ހާއްސަ ޑޭޓާ ޕްރޮމޯޝަންއެއް

މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ދިރާގުން "މިނިވަން ޑޭޓާ ޕެކް" ނަމުގައި ހާއްސަ ޑޭޓާ ޕްރޮމޯޝަނެއް ފަަށައިފި އެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގައި ކަސްޓަމަރުން ނަގާ ޑޭޓާގެ ދެގުނަ ލިބޭނެ ޑޭޓާ ލިބޭނެ ކަމަށެވެ. އެ ޕްރޮމޯޝަންގެ ދަށުން އެކްޓިވޭޓް ކުރާ ޑޭޓާ ޕެކޭޖުތައް މަސް ދުވަސް ވަންދެން ބޭނުން ކުރެވޭއިރު މި ޕްރޮމޯޝަން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

ދިރާގުން ބުނީ އެ ޕްރޮމޯޝަންގެ މަގްސަދަކީ މިނިވަން ދުވަހާ ގުޅިގެން ދިރާގުގެ ޑިގިޓަލް ވަސީލަތްތައް ބޭނުން ކުރުމުގައި ލުއިފަސޭހަ ތަކެއް ފޯރުކޮށްދިނުން ކަމަށެވެ.

އެ ޕްރޮމޯޝަންގެ ދަށުން 500 އެމްބީ ޑޭޓާ ނެގުމުން އެއް ޖީބީ ޑޭޓާ ލިބޭނެ އެވެ. އަދި 199 ރުފިޔާއަށް ދެ ޖީބީ ޑޭޓާ ނެގުމުން ހަތަރު ޖީބީ ޑޭޓާ ލިބޭއިރު 249 ރުފިޔާއަށް ތިން ޖީބީ ޑޭޓާ ނެގުމުން ހަ ޖީބީ ޑޭޓާ ލިބޭނެ އެވެ.

އެ ޕްރޮމޯޝަނުގައި ދިރާގުގެ މޯބައިލް ޕްރީޕެއިޑް އަދި ޕޯސްޓޕެއިޑް ކަސްޓަމަރުންވެސް ޑޭޓާ ޕްލޭންތަށް އެކްޓިވޭޓް ކުރެވޭނެ އެވެ. އެ ޑޭޓާ ޕްލޭން ތަށް އެކްޓިވޭޓް ކުރުމަށް *123*8# އަށް ގުޅާލުމުން އެކްޓިވޭޓް ކުރެވޭނެ އެވެ.

ދިރާގަކީ ދިވެހި ރާއްޖޭގައި ޑިގިޓަލް އަދި މުވާސަލާތީ ހިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދޭ ކުންފުންޔެވެ.