ހަބަރު

ރާއްޖޭގެ ހާރިޖީ ސިޔާސަތު ވަނީ ޗައިނާ، ސައުދީއަށް ދޫކޮށްލާފައި: ނަޝީދު

ރާއްޖެއަށް މިނިވަންކަން ލިބި މިނިވަން ކަމާއެކު ހާރިޖީ ގުޅުން ހިންގުމުގެ ބާރު ލިބުނުތާ 52 އަހަރުވި އިރު، އެ ބާރު ރައީސް އަބްދުﷲ ޔާމީން އޮތީ ޗައިނާ އަދި ސައުދި އަރަބިއްޔާއަށް ދޫކޮށްލާފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ނަޝީދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވިއިރު ނަޝީދު އިތުރަށް ވިދާޅުވީ ދިވެހިންނަށް އަލުން ކާމިޔާބު ލިބޭނެ ކަމަށެވެ.

ރައީސް ޔާމީނަށް ވެރިކަން ލިބުނު ފަހުން ބޭރުގެ ގައުމުތަކުގެ ތެރެއިން ރާއްޖެއާ އެންމެ ގާތް ގުޅުމެއް އޮންނަ ދެ ގައުމަކީ ޗައިނާ އާއި ރާއްޖެ އެވެ. އެ ދެ ގައުމުން ރާއްޖެއަށް ބޮޑެތި އެހީތަކެއް ވަނީ ފޯރުކޮށްދީފަ އެވެ. އެ ގޮތުން މާލެ - ހުޅުލެ ދެމެދު އަޅާ ބްރިޖު އެޅުމަށްވެސް ލޯނުގެ އެހީތެރިކަންވަނީ ފޯރުކޮށްދީފަ އެވެ. އަދި މީގެ އިތުރުން އެ ބްރިޖްގެ މަސައްކަތް ކުރުމަށްވެސް ޗައިނާއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން ސައުދި އަރަބިއްޔާއިން ފ. އަތޮޅު ތަރައްގީކުރަން ޝައުގުވެރިކަން ވަނީ ފާޅުކޮށްފަ އެވެ. އެހެން ނަމަވެސް ސިޔާސީ ހަލަބޮލިކަމާއި ދިވެހިންގެ ތެރއިން ގިނަ ބަޔަކު އެކަމާ ދެކޮޅު ހަދަމުން ދާތީ އެކަން އޮތީ މަޑު ޖެހިފަ އެވެ. އަދި ޓެރަރިޒަމަށް ތާއިދުކުރާ ކަމަށް ބުނެ ސައުދީ އިން ގަތަރާއި ގުޅުން ކަނޑާލުމުން ރާއްޖެއިންވެސް ވަނީ ގަތަރާ ގުޅުން ކަނޑާލާފަ އެވެ.