މާފުށީ ޖަލުގައި ގައިދީންނާއި ޖަލު އޮފިސަރުންނާ ދެމެދު ކުރިމަތިލުމެއް ހިނގައި ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ.
ކަރެކްޝަންސް ސާވިސް އިން ޔަގީންކަން ދިން ގޮތުގައި މިއަދުގެ ވަގުތެއްގައި ގައިދީންނާއި އޮފިސަރުންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި އޮފިސަރަކަށް އަނިޔާވެ އޭނާ މާލެ ގެނެސް އައިޖީއެމްއެޗުން ވަނީ ފަރުވާދީފަ އެވެ. އެހެން ނަމަވެސް ސީރިއަސް އަނިޔާތަކެއް ނުވެ އެވެ.
މި ހަމަނުޖެހުން ހިނގަން މެދުވެރިވީ، ޖަލުގެ ގައިދީ އިން ކަރަންޓް ވަޔަރުތަކަށް ގެއްލުންދޭން މަސައްކަތް ކުރުމުން އެކަން ހުއްޓުވަން އޮފިސަރުން މަސައްކަތް ކުރުމުން އެވެ. މި ހަމަނުޖެހުމުގައި ކުދި ކުދި އަނިޔާތައް ގައިދީންއަށް ވެސްވި އެވެ. އެހެން ނަމަވެސް މިއީ ސީރިއަސް އަނިޔާތަކެއް ނޫނެވެ.