ފިނިޕޭޖް

އައިޑޮލް ތަރިންގެ ޝޯއެއް މިރޭ އާޓިފިޝަލް ބީޗްގައި

މޯލްޑިވިއަން އައިޑޮލް އިން ފެނުނު ފަހުން ގިނަ ފަންނާނުން އެކުގައި އެއް ޝޯ އަކުން ނުފެނެ އެވެ. ހާއްސަކޮށް މޯލްޑިިވިއަން އައިޑޮލްގެ ދެ ސީޒަންގެ ބައިވެރިން އެއްކޮށްނެވެ. ދެ ސީޒަނަށް ނިސްބަތްވާ ގިނަ އަދަދެއްގެ ފަންނާނުން އައި އައިޑޮލް ބޭންޑާ އެހެނިހެން ފަންނާނުންނާއެކު ބާއްވާ ވަރަށް ހާއްސަ ޝޯ އެއް މިރޭ އާޓިފިޝަލް ބީޗުގައި އޮންނާނެ އެވެ.

އެ ޝޯ އަކީ ސްނޯ އިންވެސްޓްމަންޓްގެ އާ ޕްރޮޑަކްޓެއް ލޯންޗުކުރަން ބާއްވާ ޝޯ އެކެވެ. ޕާ-ޓީ ގެ ތިން ފްލޭވާ އެއް ލޯންޗުކުރާނެ އެވެ. އެއްގޮތަކަށްވެސް އެއީ އެނާޖީ ޑްރިންކެއް ނޫނެވެ. ހާބަލް އުފެއްދުމެކެވެ.

މިރޭ ނުވަޔަކުން 11:00 އަށް ޝޯ ކުރިއަށް ދާނެ އެވެ. ޝޯގައި ބިދަބިން ބޮޑުބެރު ގްރޫޕާއި، މުހައްމަދު ޒަލީފް، ރީހާން، ޖައިޝާ، ޝަޒާ، ޝާޔާ، ޝަމްވީލް، ޒަކިއްޓެ އަދި ޑީޖޭ ޖީ ގެ ހާއްސަ ހުށަހެޅުންތަކެއް އޮންނާނެ އެވެ.

މިއީ އައިޑޮލް އިން ވަކިވުމަށް ފަހު ޝަޒާގެ ހުށަހެޅުމެއް ފެނިގެންދާ ފުރަތަމަ ފަހަރެވެ. އަދި ބިދަބިންގެ އެޕެލެން ގްރޫޕާ ގުޅުނުފަހުން ޖައިޝާގެ ފުރަތަމަ ޝޯ އެވެ. ޝަމްވީލް، ޒަކިއްޓެ، ރީހާން އަދި ޒަލީފް މިހާެރުވެސް ދަނީ ރިސޯޓު މިއުޒިކްގައި ފައިހަމަ ކުރަމުންނެވެ. ރިސޯޓު މިއުޒިކްގެ އިތުރުން އަމިއްލަ ލަވަތަކާއި އަމިއްލަ އަލްބަމްތަކުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

އެ ފަންނާނުންގެ ކަވާ ލަވަތައްވެސް މިހާރު އަންނަނީ ވައިގައި ހިފަމުންނެވެ.

ޒަކިއްޓެ އަންނަނީ ލަވަ ކިއުމުގެ ހުނަރުގެ އިތުރުން އޭނާގެ އެކްޓިން ހުނަރު ދައްކާލަން ފިލްމަކަށްވެސް ތައްޔާރުވަމުންނެވެ.