ހަބަރު

"ފަތިފުށް ނޭނގޭ އެއްވެސް ސިޔާސީ މީހަކު ނުހުންނާނެ"

ސިޔާސީ އެންމެންގެ ވެސް ފަތިފުށް ދަންނަ ކަމަށާއި އެމީހުން ގައުމަށް އިހުލާސްތެރިކަމާއެކު މަސައްކަތްކުރި މިންވަރު ވެސް އެނގޭ ކަމަށް ރައްޔިތުން މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން 2018" ޝިއާރުގެ ދަށުން މެޑަމް ފާތިމަތު އިބްރާހިމް އިސްވެ، ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން އޮފީހުން އެކުވެނި ސަރަހައްދުގައި މިއަދު ބޭއްވި ޕެރަމޯޓާ ހަރަކާތުގައި ރީކޯ މޫސަ ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދައްކަން ހުރި ވަރަށް ގިނަ ވާހަކަތައް އެބަ ހުރި ކަމަށާއި ފަތިފުށް ނޭނގޭ އެއްވެސް ސިޔާސީ މީހަކު ނުހުންނާނެ ކަމަށާއި ގައުމަށް އިހުލާސްތެރިކަމާއެކު މަސައްކަތްކުރި ގޮތް ބަރާބަރަށް އިނގެމުން ގޮސްފައިވާ ކަމަށެވެ.

ރީކޯ ވިދާޅުވީ 2018 ގައި އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދެއްވާނެ ކަމަށާއި ރާއްޖޭގެ ރައްޔިތުން އުފަލުން ނުކުމެ ވޯޓް ދޭ ވަރުގެ ތަފްސީލުތައް ކިޔާ ދޭނެ ކަމަށެވެ.

ރައީސް ޔާމީނަށް ވޯޓް ކާމިޔާބު ކޮށްދޭން ޖެހެނީ ޒުވާނުންނަށް އެކަނި ފުރުސަތު ތަނަވަސް ކޮށްދީގެނެއް ނޫން ކަމަށާއި ގެދޮރު އަޅަން ބޭނުން ވެފައި ތިބި މީހުންނަށް ބޯހިޔާވަހި ކަމުގެ ފުރުސަތު ހޯދައިދީ ރާއްޖޭގައި ހަމަ ނުޖެހުމާއި ތަޅާފޮޅުމުން އެއްކިބާވެ ރާއްޖޭގެ މަގުތަށް އަމާން ކޮށްދިނީމަ ކަމަށް ރީކޯ ވިދާޅުވި އެވެ.

"އިދިކޮޅު ސިޔާސީ ފަރާތްތަކުން ރާއްޖެ ބަދުނާމު ކުރުން ހުއްޓުވުމަކަށް ގެނައުމަށްޓަކައި ރައީސް ޔާމީން މަސައްކަތް ކުރަމުންދާތީ 2018 ގައި ރައީސް ޔާމީން ހޮވަންވީ، 2018ގައި އިންތިހާބު ރައީސް ޔާމީން ނަށް ކާމިޔާބު ކޮށްދޭނަން، ރާއްޖޭގެ ރައްޔިތުން އުފަލުން ނުކުމެ ވޯޓް ދޭ ވަރުގެ ތަފްސީލުތައް ކިޔާ ދޭނަން، މި ރާއްޖޭގައި އަޅުގަނޑުމެން ދައްކަން ހުރި ވާހަކަ ވަރަށް ބައިވަރު އެބަހުރި، އަޅުގަނޑުމެންނަށް ފަތިފުށް ނޭންގޭ އެއްވެސް ސިޔާސީ މީހަކު ނުހުންނާނެ، މި ގައުމަށް އިހުލާސްތެރިކަމާއެކު މަސައްކަތްކުރި ގޮތް ބަރާބަރަށް އިނގެމުން ގޮސް އޮތީ،" ރީކޯ މޫސަ ވިދާޅުވި އެވެ.