ހަބަރު

މެންބަރު ސައުދުގެ މަންމަ ނިޔާވެއްޖެ

ރައްޔިތުން މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންގެ މަންމަ، ނާސިރާ އަހުމަދު މަރުވެއްޖެ އެވެ.

ނާސިރާ މަރުވީ ފުރަމޭ ހަލާކުވެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ގެންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ނާސިރާ ނިޔާވި އިރު އޭނާގެ އުމުރުން ވަނީ 64 އަހަރެވެ.

ސައުދު ހައްޔަރު ކުރި އިރު އޭނާ މިވަގުތު ހުރީ މެންބަރުކަން ގެއްލިފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހަށް ވަތް މައްސަލާގައި ހައްޔަރުކޮށްފަ އެވެ. ސައުދަށް ވަނީ ހައިކޯޓްގެ ފަނޑިޔާރު ސުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލަން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.