ބޮލީވުޑް

ޝާހްރުކާ އެކު ފިލްމެއް އުފައްދާކަށް ނޫޅެން: ޝޫޖިތް

Aug 14, 2017

ދެހާސް ފަނަރަ ވަނަ އަހަރު ނިކުތް ކާމިޔާބު ފިލްމު "ޕީކޫ" ގެ ޑައިރެކްޓަރު ޝޫޖިތް ސަރްކާރްގެ ފިލްމެއްގައި ސުޕަސްޓާ ޝާހްރުކް ޚާން ފެނިގެންދާނެ ކަމުގެ ވާހަކަތައް ދެކެވޭތާ ދުވަސްކޮޅެއްވެއްޖެ އެވެ.

ނަމަވެސް މި ވާހަކަތައް ޝޫޖިތް ވަނީ ދޮގުކޮށްފަ އެވެ. އޭނާ ވަނީ ޝާހްރުކް ލީޑްރޯލުން ފެނިގެންދާ ފިލްމެއް އުފައްދަން ނޫޅޭ ކަމަށާއި އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމަކީ ވަރުން ދަވަން އާއެކު އުފައްދާ "އޮކްޓޯބަރު" ކަމަށް ބުނެފަ އެވެ.

"މިއީ ކިހިނެއް ދެކެވޭ ވާހަކަތަކެއް ކަމެއް އަހަންނަކަށް ނޭނގޭ. މިއީ ދޮގު ވާހަކަތަކެއް، އަހަރެން މަސައްކަތްކުރަމުން މި އަންނަނީ އިއުލާންކުރެވިފައިވާ ފިލްމުގެ މަސައްކަތް އެކަނި،" ޝޫޖިތް ބުނެފައިވެ އެވެ.

ޝާހްރުކް ބޮލީވުޑަށް ނިކުތުމުގެ ކުރިން ވަނީ އިންޑިއަން އާމީގެ މައްޗަށް އުފެއްދި ޓީވީ ސީރީޒް "ފޯޖީ" އިން ވެސް ފެނިގެން ގޮސްފަ އެވެ. އަދި އޭނާ ވަނީ އާމީ އޮފިސަރެއްގެ ރޯލުން "ވީރް ޒާރާ" އާއި "މޭ ހޫނާ" އަދި "ޖަބްތަކް ހޭ ޖާން" ގައި ފެނިގެން ގޮސްފަ އެވެ.

ޝޫޖިތްގެ ފިލްމެއްގައި ޝާހްރުކް ފެނިގެންދާނެ ކަމުގެ ވާހަކަތައް ދެކެވުނީ އިންޑިއާގެ އާމީގެ މައްޗަށް އޭނާ އުފައްދާ ފިލްމަކުންނެވެ.

މިދިޔަ އަހަރުގެ ނިކތް ފިލްމުތަކުގެ ތެރެއިން އެންމެ މޮޅު ފިލްމުގެ އެވޯޑް އެކި ހަފްލާތަކުގެ ލިބުނު އަދި ނެޝަނަލް އެވޯޑް ވެސް ލިބިފައިވާ ފިލްމު "ޕިންކް" އަށް ވަނީ މިހާރު އޮސްޓްރޭލިއާގައި ކުރިއަށްދާ އިންޑިއަން ފިލްމު ފެސްޓިވަލްގައި ވަނީ އެންމެ މޮޅު ހިންދީ ފިލްމުގެ އެވޯޑް ލިބިފަ އެވެ.

ރޭޕާއި އަންހެނުންނަށް ކުރާ ޖިންސީ ފުރައްސާރާ ކުރުމާ ދެކޮޅަށް އުފައްދާފައިވާ މި ފިލްމަށް ލިބުނު ކާމިޔާބާ ގުޅިގެން ޝޫޖިތް ވަނީ ބޭރު ގައުމަކުން އެމީހުންގެ މަސައްކަތް ބަލައިގަތުން އެއީ ފިލްމުގެ މުޅި ޓީމަށް ލިބުނު ބޮޑު އުފަލެއް ކަމަށް ބުނެފަ އެވެ.

ޝާހްރުކްގެ އެންމެފަހުން ރިލީޒްވި ފިލްމު، "ޖަބް ހެރީ މެޓް ސޭޖަލް" އަށް ވެސް ބޮކްސް އޮފީހުގައި މާ ރަނގަޅު ކާމިޔާބީއެއް ލިބިފައިނުވާއިރު އޭނާ ވަރަށް އަވަހަށް ޑްވާފެއްގެ ރޯލު ކުޅޭ އަނަންދް އެލް ރާއީގެ ފިލްމުގައި ޝޫޓިން އަލުން ފަށާނެ އެވެ.