ހަބަރު

ގާސިމްގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ. މި މައްސަލަ މާދަމާއަށް ތާވަލުކޮށްފައިމިވަނީ ގާސިމްގެ ސިއްހީ ހާލުކޮޅު ގޯސްވެ، ހޮސްޕިޓަލްގައި އެޑްމިޓްކުރުމާ ގުޅިގެން ޝަރީއަތް މެދުކެނޑުމަށްފަހު އެވެ. މިދިޔަ ބުރާސްފަތި ދުވަހު ގާސިމް ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.

މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ގާސިމްގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތު ހުށަހެޅުމުގެ ދައުވާ އެވެ.

މި މައްސަލާގައި ދެން އޮންނަ އަޑުއެހުމަކީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ބާއްވާ އަޑުއެހުމެކެވެ. ގާސިމްގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުންނެވެ. އެއީ ގާޒީންނާއި ކޯޓު އޮފިޝަލުންނަށް އެކި އިންޒާރުތައް ލިބެމުންދާ ކަމަށް ބުނެ އެވެ.

ގާސިމްގެ މައްޗަށް މީގެކުރިން ރިޝްވަތުގެ ތިން ދައުވާއެއް ކުރި ނަމަވެސް މިހާރު ކުރަނީ ރިޝްވަރު ހުށަހެޅުމުގެ ދައުވާ އެކަންޏެވެ.