އީދު ބަންދަށް ރަށްތަކަށް ނައްޓާލުމުގެ ކުރިން އާ ހެދުމާއި މީރުވަސް ދުވާ ސެންޓުފުޅި ހޯދުމަކީ ދިވެހިންގެ އާދަ އެކެވެ. އީދަށް ރަށަށް ދިއުމުގެ ކުރިން ރަށުގައި ތިބި އާއިލާ އަދި ރައްޓެހިންނާ ލޯބިވެރިންނަށް ހަދިޔާގެ ގޮތުގައި އެންމެ ގިނަ މީހުން ދޭން ބޭނުންވަނީ ވެސް މީރުވަސް ދުވާ ސެންޓުފުޅި އެކެވެ.
އީދަށް ސެންޓު ގަންނަ މީހުންނަށް ލެޕާފިއުމުން މިއޮތީ ވަރަށް ރަނގަޅު ފުުރުސަތެއް ފަހިކޮށްދީފަ އެވެ. އީދަށް ހާއްސަކޮށް "ހެޕީ އަވާ"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް މިރޭ ފެށީ އެވެ. މިރެއިން ފެށިގެން ހަތް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގައި ރޭގަނޑު 8:00 ން 10:00 އަށް އެ ފިހާރައިން ވިޔަފާރި ކުރާ ފަރާތްތަކަށް 200 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެ އެވެ. ވަކި އަގަކަށްވުރެ މަތީގެ ސެންޓު ފުޅިއެއް ގަންނާކަށް ނުޖެހެ އެވެ. ހަމައެކަނި ސެންޓުފުޅިއެއް ގަނެލީމަ ނިމުނީ އެވެ.
ލެޕާފިއުމަކީ މާލޭގައި އެންމެ ހެޔޮ އަގުގައި ކޮލިޓީ ސެންޓު ވިއްކާ އެއް ފިހާރަ އެވެ. ލެޕާފިއުމުން މީގެކުރިންވެސް އެކި މުނާސަބަތުތަކާއި ގުޅުވައިގެން ތަފާތު ބޮޑެތި އިނާމުތައް ދޭ ޕްރޮމޯޝަންތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އެ ފިހާރައިން އޮންލައިންކޮށް ވެސް ސެންޓު ވިއްކާނެ އެވެ. މި އަހަރުގެ ތެރޭގައި ލެޕާފިއުމުން ވަނީ ޖޯން ވާވަޓޮސް ބްރޭންޑްގެ ސެންޓް ވެސް ރާއްޖެ ގެނެސް ވިއްކަން ފަށާފަ އެވެ. މީގެ އިތުރުން އެންމެ ފަހުގެ ގިނަ ބްރޭންޑް ތަކެއްގެ ސެންޓު މިހާރުވެސް ލެޕާފިއުމް އިން ލިބެން އެބަހުއްޓެވެ.
އޭގެތެރޭގައި ޕަކޯރަބާންގެ އެންމެ ފަހުން ނުކުތް އޮލިމްޕިއާ އިންޓެސް އަދި އިނވިކްޓަސް އިންޓެސް ލިބެން ހުރިއިރު ނީނާ ރިޗީގެ ލޫނާ އަދި ސީކޭގެ ޑީޕް ޔޫފޯރިއާ ވެސް ހިމެނެ އެވެ.