ކުޅުދުއްފުށި

ކުޅުދުއްފުށީ 18 މަގެއްގައި ތާރު އަޅަން ފަށައިފި

ހދ. ކުޅުދުއްފުށީގެ 18 މަގެއްގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ. ކުޅުދުއްފުށީގެ މަގު ހެދުމުގެ މަސައްކަތް ކުރާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ބުނީ އެންމެ ފުރަތަމަ ތާރުއަޅަން ފަށާފައި ވަނީ "މަގާން" މަގުގައި ކަމަށާއި އަދި އެ ރަށު ނިކަގަސް މަގުގައި ވެސް ސީއެސްބީ ލޭޔާ އަޅަން ފަށާފައިވާ ކަމަށެވެ.

ނަމަވެސް ވިއްސާރާގެ ސަބަބުން އެ މަސައްކަތައް ކޮންމެ ވެސް ވަރެއްގެ ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށް ވެސް އެމްއާރްޑީސީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން އެރަށުގެ 18 މަގެއްގައި 5.8 ކިލޯމީޓަރުގެ ތާރުއަޅަ އެވެ. މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާނެ އެވެ.

ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމުގެ 15 ވަރަކަށް މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް އެބަދެ އެވެ. އޭގެތެރެއިން ގިނަ މަޝްރޫއުތައް މިއަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ވަނީ ބުނެފަ އެވެ.