ހަބަރު

މަހާ ޖައްރާފު ރާއްޖެ އަންނާނީ އޮކްޓޫބަރުގައި

Sep 2, 2017
14

ސަރުކާރާއި ރައްޔިތުން ހިއްސާވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބަން "މަހާ ޖައްރާފު"، ކޮންނަ ބޯޓް އަންނަ ރާއްޖެ ގެންނާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ. މަހާ ޖައްރާފު ކޮންނަ ބޯޓް ރާއްޖެ ގެނައުމަށް މީގެ ކުރިން ތަފާތު ތާރީހުތައް ދީފައި ވެއެވެ. -- މިދިއަ މާޗް މަހަކީ އެ ގޮތުން އެންމެ ބޮޑަށް ޔަގީންކަން ދިން މަހެވެ.

ޖެނުއަރީ މަހުގެ ތެރޭގައި މޫދަށް ބާލާފައިވާ މި ކޮންނަ ބޯޓުގެ ދިނުމުގައި 92.95 މީޓަރު އަދި ފުޅާމީނުގައި 16.30 މީޓަރު ހުރެ އެވެ. އަދި 50 މީޓަރުގެ އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާއިރު ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ.

މޫދަށް ބާލާފައިވާ ބޯޓު ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހޭދަ ކުރި އެވެ. އަދި މި އުޅަނދު ބަނުމުގެ މަސައްކަތް ކުރީ ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ އެވެ.