ވިޔަފާރި

ގެސްޓްހައުސް އެވޯޑު އަންނަ މަހު 23 ގައި

މޯލްޑިވްސް ޓްރެވަލް އެވޯޑްސް (މަޓާޓޯ) ގެ ގެސްޓްހައުސް އެޑިޝަނަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ނިޔަލަށް ހަމަވާނެ ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.

"މޯލްޑިވްސް ޓްރެވަލް" އެވޯޑުގެ ނަމުގައި ޓޫރިޒަމް ދާއިރާއަށް ހާއްސަ އެވޯޑެއް ދެމުން ގެންދާ ޖަމިއްޔާ އިން ބުނީ ގެސްޓްހައުސް އެޑިޝަނަށް 15 ދާއިރާއަކުން ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ގެސްޓްހައުސް އެޑިޝަންގައި ހިމެނެނީ:

* އެންމެ ފުރިހަމަ ގެސްޓްހައުސް
* އެންމެ ފުރިހަމަ ކެއުންމާއި ބުއިން ފޯރުކޮށްދޭ ގެސްޓްހައުސް
* ލީޑިން އެކޯ ފްރެންޑްލީ- ތިމާވެއްޓާ ރަހުމަތްތެރި ގެސްޓްހައުސް
* އެންމެ ފުރިހަމަ ޑައިވިން އެންޑް ވޯޓާ ސްޕޯޓްސް ގެސްޓްހައުސް
* ލީޑިން ބިޒްނަށް ގެސްޓްހައުސް
* ލީޑިން އެޑްވެންޗާ ގެސްޓްހައުސް
* ލީޑިން ބިޒްނަށް ގެސްޓްހައުސް
* ލީޑިން ހެރިޓޭޖް ގެސްޓްހައުސް
* އެންމެ ފުރިހަމަ ގެސްޓްހައުސް މަރުކާ
* އެންމެ ފުރިހަމަ ޓްރާންސްޕޯޓް ހިދުމަތްތެއްދޭ ގެސްޓްހައުސް
* އެންމެ ހިތްގައިމު ގޮނޑުދޮށެއް އޮތް ރަށް
* ލީޑިން ގެސްޓްހައުސް އައިލެންޑް
* ނިއު ކަމާ އޮފްދަ އިއާ
* ލީޑިން ބިޒްނަސް ޑިވެލޮޕްމެންޓް ޕާޓްނާ ފޯދަ ގެސްޓްހައުސް އިންޑަސްޓްރީ
* މޮސްޓް ސަޕޯޓިވް ގެސްޓްހައުސް

ގެސްޓްހައުސް އެވޯޑަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޓޫރިޒަމް ދާއިރާގައި ހިދުމަތް ދޭތާ އެއް އަހަރު ވާން ޖެހެ އެވެ. މި އެވޯޑު ދިނުން އޮތީ އޮކްޓޫބަރު 23 ވަނަ ދުވަހު އެވެ.